Advertisement

ބުރުނު ޝިކާރު: ފަސް ވަނަ ފަހަރަށް ޗެމްޕިއަންކަން ކުޑަ އައްޔަ އަށް

29 މޭ 2024 - 23:21 0

އަތޫފް އާތިފް

އަތޫފް އާތިފް

ބުރުނު ޝިކާރު މުބާރާތުގެ ޗެމްޕިއަން ކުޑަ އައްޔަ އަށް ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: މިރާން ނާޝިމް/ އަދަދު


ބުރުނު ޝިކާރު: ފަސް ވަނަ ފަހަރަށް ޗެމްޕިއަންކަން ކުޑަ އައްޔަ އަށް

29 މޭ 2024 - 23:21 0

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ބުރުނު ޝިކާރުގެ ޗެމްޕިއަންކަން ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ.

ކުޑަ އައްޔަ ވަނީ މީގެ ކުރިން މި މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެކަމަކު މިދިޔަ އަހަރު ފައިނަލުގައި ކުޑަ އައްޔަ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އަޝްރަފް ހަސަން އެވެ. އަޝްރަފަކީ ކުޑަ އައްޔަ ބަލިކޮށް މު މުބާރާތް ކާމިޔާބުކުރި ހަމައެކަނި ބޮޑީބޯޑަރެވެ.

މި ފަހަރުގެ ފައިނަލުގައި ކުޑަ އައްޔައާ ވާދަކުރީ އަލީ ޖާވިދު (ޖާއްޓެ) އެވެ. ޖާއްޓެއާ ވާދަކޮށް ކުޑަ އައްޔަ ފައިނަލް ހީޓު ކާމިޔާބުކުރީ 11.67 ސްކޯކޮށްގެންނެވެ. ޖާއްޓެ އަށް ސްކޯކުރެވުނީ 9.77 އެވެ. ކުޑަ އައްޔަގެ އެންމެ ރަނގަޅު ރާޅުގައި އޭނާ ވަނީ 6.17 ސްކޯކޮށްފަ އެވެ. ދެވަނަ އަށް އެންމެ ރަނގަޅު ރާޅުގައި އޭނާ ވަނީ 5.50 ސްކޯކޮށްފަ އެވެ.

މި އަހަރުގެ މުބާރާތުގެ ޑްރޮޕް ނީ ކެޓަގަރީ ވެސް ކާމިޔާބުކުރީ ކުޑަ އައްޔަ އެވެ. ފައިނަލުގައި ކުޑަ އައްޔައާ ވާދަކުރީ ޒުވާން ތަރި އާމިން އުމަރު މޫސާ އެވެ. ފައިނަލުގައި ކުޑަ އައްޔަ ވަނީ 10.00 ސްކޯކޮށްފަ އެވެ. އާމިން އަށް ސްކޯކުރެވުނީ 6.67 އެވެ.

މި އަހަރުގެ މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޒާން އަހުމަދެވެ. ފައިނަލުގައި އަޒާން ވާދަކުރީ މުހައްމަދު ޖަރީޝް ޖިހާދުއާ އެވެ. އަޒާން ވަނީ ފައިނަލުގައި 9.80 ސްކޯކޮށްފަ އެވެ. ޖަރީޝް އަށް ސްކޯކުރެވުނީ 8.10 އެވެ.

މި އަހަރުގެ ބުރުނު ޝިކާރު މުބާރާތުގެ މެންސް އޯޕަން ކެޓަގަރީގައި 24 ބޮޑީބޯޑަރުން ވާދަކުރި އެވެ. ޖޫނިއާ މެންސް ކެޓަގަރީގައި 11 ބޮޑީބޯޑަރުން ވާދަކުރިއިރު, ޑްރޮޕް ނީ ކެޓަގަރީގައި 15 ބޮޑީބޯޑަރުން ވާދަކުރި އެވެ.