Advertisement

އަންޗެލޮޓީގެ ދަރިފުޅަށް ފްރާންސްގެ ކްލަބެއްގެ ކޯޗުކަން

29 މޭ 2024 - 10:22 0


އަންޗެލޮޓީގެ ދަރިފުޅަށް ފްރާންސްގެ ކްލަބެއްގެ ކޯޗުކަން

29 މޭ 2024 - 10:22 0

ޕެރިސް (މެއި 29) - ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީގެ އެސިސްޓަންޓަކަށް ހުރި އޭނާގެ ދަރިފުޅު، ޑާވިޑް އަންޗެލޮޓީ އަށް ފްރާންސްގެ ކްލަބް، ރެއިމްސްގެ ކޯޗުކަން ހުށަހަޅައިފި އެވެ.

ޑާވިޑް، 34، މި ވަގުތު ރެއާލާ އެކު ކޮންޓްރެކްޓްގައި ހުރީ، އޭނާގެ ބައްޕަ ކާލޯ އަންޗެލޮޓީގެ ކޮންޓްރެކްޓެކޭ އެއް ގޮތަށް 2026 ވަނަ އަަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ފްރާންސްގެ ކްލަބްގެ ރެއިމްސްގެ ކޯޗަކަށް ހުރި، ވިލް ސްޓިލް ވަނީ އެ ކްލަބް ދޫކޮށްލައިފަ އެވެ. ރެއިމްސް އިން އާ ކޯޗެއް ހޯދަން ކުރާ މަސައްކަތުގައި، އެންމެ ފުރަތަމަ ހުށަހަޅާފައި މި ވަނީ ޑާވިޑް އަށެވެ. އެކަމަކު، އޭނާ އަށް އެ ކްލަބްގެ އޮފާ ގަބޫލުކުރެވެން އޮތީ، ރެއާލުން ހުއްދަ ދޭނަމަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޑާވިޑް، ރެއާލާ އެކު، މަޝްވަރާތަކެއް ބާއްވަން ބޭނުންވަނީ، ޖޫން 1 ގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު އެވެ.

އުމުރުން 22 އަހަރުގައި ސްޕޯޓްސް ސައިންސް އިން ޑިގްރީ ހާސިލްކޮށްފައިވާ ޑާވިޑް، ދާދި ފަހުން ވަނީ ޓީމެއްގެ ހެޑް ކޯޗުކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެ ގޮތުން، ބަލާއިރު ރެއިމްސްގެ ފުރުސަތުގެ ބޭނުންހިފަން ޑާވިޑް ބޭނުންވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ޑާވިޑް އަންނަނީ 2016 އިން ފެށިގެން އަންޗެލޮޓީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އަންޗެލޮޓީ މި ފަހުން، ބަޔާން މިއުނިކް، ނަޕޯލީ، އެވަޓަން އަދި ރެއާލްގައި މަސައްކަތްކުރިއިރު، އެސިސްޓަންޓެއްގެ ޒިންމާ ނަގަމުން އަންނަނީ ޑާވިޑް އެވެ.