Advertisement

ބޮޑު މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނެއް

8 އޮކްޓޯބަރު 2024 - 19:08 0

ވެމްކޯ ޓީމުގެ ޖޫޒާން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ: އެންމެ ފަހުން 2017 ވަނަ އަހަރު ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަން ބޭއްވިއިރު، ތަށި އުފުލާލީ ޖޫޒާން ހިމެނުނު، ޏ. ފުވައްމުލަކު މިސްކިތްމަގު ޓީމުން.---- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް


ބޮޑު މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނެއް

8 އޮކްޓޯބަރު 2024 - 19:08 0

ގައުމީ އަންހެން ވޮލީބޯލް ލީގު މާދަމާ ފަށަން ނިންމާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.

ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު، ގައުމީ އަންހެން ވޮލީ ލީގު ފަށަން ތައްޔާރުވެފައިވާއިރު، މި މުބާރާތް އެންމެ ފަހުން އޮތީ، 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން، މިވީ މުއްދަތުގައި، ދެ އަހަރެއް ވޮލީގެ އެއްވެސް ހަރަކާތެއް ނުހިނގާ ދިޔަ އެވެ. އަދި މިދިޔަ އަހަރުތަކުގައި އަންހެން ޑިވިޝަނަށް ބޭއްވީ އެސޯސިއޭޝަނާއި ގައުމީ މުބާރާތެވެ.

މި އަހަރަކީ ވޮލީބޯލް ކަލަންޑަރަށް ބާރުބޮޑު އަހަރެކެވެ. އެ ގޮތުން، ރާއްޖޭގައި ފުލުފުލުގައި ބައިނަލްއަގްވާމީ ވޮލީބޯޅައިގެ ތިން މުބާރާތް މިދިޔަ ދެ މަހު ރާއްޖޭގައި ކުރިއަށްދިޔަ އެވެ. އެއީ، ކާވާ 20 އަހަރުން ދަށުގެ އަންހެން މުބާރާތާއި، ކާވާ ކްލަބް ޗެމްޕިއަންޝިޕްގެ އިތުރުން ކާވާ ވިމެންސް ޗެމްޕިއަންޝިޕް އެވެ.

އޭގެ ތެރެއިން، ކްލަބް ޗެމްޕިއަންޝިޕްގެ ތިން ވަނަ ރާއްޖޭގެ އަންހެން ވޮލީގައި މި ފަހުން ފެނުނު އެންމެ ކާމިޔާބުކުލަބް، ކްލަބް ވެމްކޯ އިން ވަނީ ހޯދައިފަ އެވެ. އަދި ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ގައުމީ އަންހެން ވޮލީ ޓީމުން ވަނީ ހޯދައިފަ އެވެ.

މި ފަހަރުގެ ގައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ވެމްކޯގެ އިތުރުން، ޕޮލިސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން, ގުޑީސް ސްޕޯޓްސް ކްލަބް އަދި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް,

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 14 ގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ވެމްކޯ އާއި ޕޮލިސް އެވެ.

މި އަހަރު ކުރީކޮޅު ބޭއްވި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ބަލިކޮށް ހޯދީ ވެމްކޯ އިންނެވެ.