Advertisement

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު: ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ވަނީ ތަސްދީގު ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް


ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން އޮގަސްޓު 2021, ގައި ހުށަހެޅުއްވި އެ ބިލު ފާސްކުރީ މެއި، 13 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

އެބިލު ގާނޫނަކަށް ވުމުން ކާބޯތަކެތި އުފައްދާ، ގުދަންކޮށް އަދި ވިއްކާ ތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަން ކަށަވަރުކުރުމަށްޓަކައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ގާއިމުވާނެ އެވެ.

އެ ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކޮށް ނުވަތަ އުފެއްދުމާއި ގަނެ ވިއްކުން މަނާވާނެ ތަކެތި

  • ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި ނުވަތަ ގަޑިބަޑުކުރުމަށް ބޭނުންކުރާ ބާވަތްތައް ނުވަތަ އެޑަލްޓްރަންޓް
  • އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތިި,
  • މި ގާނޫނުގެ ދަށުން ވިޔަފާތި ކުރުން މަނާކޮށްފައިވާ ކާބޯތަކެތި, އަދި,
  • ސިއްހަތަށް ގެއްލުމެއް ދޭ ކާބޯތަކެއްޗެވެ.

ބިލުގައި ގޮތުން މިއިން ކުށެއް ކުރާ މީހެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލާ، 10،000ރ. 300،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލާ ފާސްކުރާނެ އުސޫލެއްވެސް މި ބިލުގައި ކަނޑައަޅާފައިވާއިރު އެފަދަ ތަންތަނުގައި ފުރިހަމަވާން ޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ފުރިހަމަނުވާ ހާލަތްތަކުގައި ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ވެސް ބަޔާންކޮށްފައިވެ އެވެ.

އެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާއިރު، މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީހުންން ފެށިގެންނެވެ.