Advertisement

ބަންގްލަދޭޝްގެ މަޖިލިސް މެމްބަރަކު އިންޑިއާގައި މަރާލާފައި އޮއްވާ ފެނިއްޖެ

ބަންގްލަދޭޝްގެ ވެރިކަން ކުރާ ޕާޓީގެ މެމްބަރު އަންވަރުލް އާޒިމް އަނަރް: އިންޑިއާގައި މަރާލާފައި އޮއްވާ ވަނީ ފެނިފައި -- ފޮޓޯ: ބީޑީނިއުސް24


ބަންގްލަދޭޝްގެ މަޖިލިސް މެމްބަރަކު އިންޑިއާގައި މަރާލާފައި އޮއްވާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ބަންގްލަދޭޝްގެ ވެރިކަން ކުރާ ޕާޓީގެ މަޖިލިސް މެމްބަރު އަންވަރުލް އާޒިމް އަނަރް، 56 އިންޑިއާގައި މަރާލާފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު އަސަދުއްޒާމަން ހާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަނަރް މަރާލާފައި އޮއްވާ ފެނުނީ ކޮލްކަތާގައި މީހުން ދިރިނޫޅޭ ގެއަކުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، ނަމަވެސް އެ މީހުން ހައްޔަރުކުރި ތަން އަދި ވަނަވަރު، ތަހުގީގަށް ހުރަސް އެޅިދާނެތީ، ހާމަކުރެވެން ނެތް ކަމަށް ހާން ވިދާޅުވި އެވެ.

"އަނަރް ގެއްލިގެން ރިޕޯޓުކުރީ މެއި، 19 ގައި. އެއަށްފަހު މިދިޔަ ތިން ދުވަހު އޭނާ ހޯދުމުގެ މަސައްކަތް ސްޕެޝަލް ޔުނިޓަކުން ކުރި. ހަށިގަނޑު ފެނިފައިވާއިރު މަރުވީ ކިހިނެއްކަމެއް ސާފެއް ނޫން،" ކޮލްކަތާގެ ފުލުހުންގެ ޗީފް ހާރުން ބުންޏެވެ.

ރާޝިދު މުރުވި ގޮތް ބެލުމަށް އޯޓޮޕްސީއެއް ހަދާފައިވާއިރު، އާއިލާއިން ވަނީ ހަށިގަނޑާ ހަވާލުވުމަށް ކޮލްކަތާއަށް ގޮސްފަ އެވެ.

އަނަރް އިންޑިއާއަށް ދިޔައީ ޑޮކްޓަރަށް ދެއްކުމަށް ކަމަށްވާއިރު، އޭނާ މަރާލާފައި އޮއްވާ ފެނުނީ މެއި، 13 އިން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އަދި އޭނާ ގެއްލިގެން ހޯދަމުންދިޔައީ އިންޑިއާއަށް ދިޔަތާ އެއް ދުވަސް ފަހުންނެވެ.

އަނަރް ދިރިހުއްޓާ އެންމެ ފަހުން ފެނުނީ މެއި، 12 ވަނަ ދުވަހު އޭނާގެ އާއިލާ މީހެއް ކައިރިއަށް ޒިޔާރަތް ކުރި ދުވަހު އެވެ. އަދި އޭނާ ގެއްލިގެން ހޯދަން ފެށީ ޑޮކްޓަރަށް ދެއްކުމަށް ދިޔަ ފަހުން ކަމަށް އާއިލާއިން ނޫސްތަކަށް މައުލޫމާތު ދީފައިވެ އެވެ.

ބަންގްލަދޭޝްގެ އަވާމީ ލީގް ޕާޓީއަށް ނިސްބަތްވާ އަނަރް ދިޔައީ ޖެނައިދާ ބޯޑާ ޑިސްޓްރިކްޓުގެ މެމްބަރުކަމުގެ ތިންވަނަ ދައުރު އަދާކުރަމުންނެވެ.