Advertisement

އެއާޕޯޓު މުވައްޒަފުންތަކެއް ގައިގައި ތަޅައިގަތް ބިދޭސީއަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: އެއާޕޯޓު މުވައްޒަފަކާ މާރާމާރީ ހިންގި ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެއާޕޯޓު މުވައްޒަފުންތަކެއް ގައިގައި ތަޅައިގަތް ބިދޭސީއަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް މުވައްޒަފުން ގައިގައި ތަޅައި މާރާމާރީ ހިންގި ބިދޭސީއަކު މިއަދު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހެނދުނުގެ ވަގުތެއްގައި އެއާޕޯޓުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީ މީހާ ވަނީ އެއާޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފަކާ މާރާމާރީ ހިންގާފަ އެވެ.

ވީޑިއޯއިން ފެންނަނީ އެއާޕޯޓުގެ މުވައްޒަފަކު އޭނާއާ ވާހަކަ ދައްކަން އުޅުމުން ރުޅި އައިސްގެން ގޮށްމުށުން ޖަހާ މަންޒަރެވެ. އަދި ފަހުން އެހެން މުވައްޒަފަކު އެ ބިދޭސީ މީހާ ކޮށްޕާލުމުން އޭނާ ގައިގައި ވެސް ޖަހާތަން ފެނެ އެވެ.

އޭނާ އެއާޕޯޓުގެ ދެ މުވައްޒަފެއްގެ ގައިގައި ތަޅައިގަތް ސަބަބެއް ނޭނގެ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.