Advertisement

އިންޑިއާގެ އާންމު އިންތިހާބުގެ ތިންވަނަ ފޭސްގެ ވޯޓުލުން ފަށައިފި

ނަރެންދުރަ މޯދީ: އިންޑިއާގެ އާންމު އިންތިހާބުގެ ތިންވަނަ ފޭސްގައި ވޯޓުލުން -- ފޮޓޯ: ނިރްމަލް


އިންޑިއާގެ އާންމު އިންތިހާބުގެ ތިންވަނަ ފޭސްގެ ވޯޓުލުން ފަށައިފި

އިންޑިއާގެ އާންމު އިންތިހާބުގެ ތިންވަނަ ފޭސްގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ތިންވަނަ ފޭސްގައި ޖުމްލަ 11 ސްޓޭޓަކުން 93 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރަން ވޯޓުލާނެ އެވެ.

އެ ފޭސްގައި ވޯޓުލާ ސްޓޭޓްތަކުގެ ތެރޭގައި އުއްތަރު ޕްރަދޭޝް، އައްސާމް، ބިހާރު، ވެސްޓް ބެންގާލް، ކަރްނަޓަކާ، މަދިޔާ ޕްރަދޭޝް، ގޯއާ އަދި ގުޖްރާތު ހިމެނެ އެވެ.

އިންތިހާބުގެ ފުރަތަމަ ފޭސް އެޕްރިލް 19، ގައި ބޭއްވިއިރު، ދެވަނަ ފޭސް ބޭއްވީ އެޕްރީލް 26، ގަ އެވެ. އެ ދެ ފޭސްގައި ވޯޓުލީ މީހުންގެ އަދަދު 2019 ގެ އިންތިހާބާ އަޅާބަލާއިރު ހަތަރު ޕަސަންޓު ދަށެވެ.

ޖުމްލަ ހަތް ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ އިންޑިއާގެ އިންތިހާބުގައި 543 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ.

އިންތިހާބުގެ ހަތަރުވަނަ ފޭސް މެއި 13، ގައި ބާއްވާއިރު، ފަސްވަނަ ފޭސް ބާއްވާނީ މެއި 20، ގަ އެވެ. އަދި ހަ ވަނަ ފޭސް މެއި 25، ގައި ބާއްވާއިރު، ފަހު ފޭސް ބާއްވާނީ ޖޫން 1، ގަ އެވެ.

މި އިންތިހާބުގައި 969 މިލިއަނެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ ޖޫން 4، ގަ އެވެ.