Advertisement

އެތުލެޓިކްސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

6 މޭ 2024 - 09:19 0


އެތުލެޓިކްސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

6 މޭ 2024 - 09:19 0

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިއްޔެ އިން ފެށިގެން، މި މަހު 15 ވަނަަ ދުވަހުގެ 12:00ގެ ކުރިން، ކެންޑިޑެސީ ހުށަހަޅާ ފަރާތްތަކުން، "އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު އެސޯސިއޭޝަންގެ އީމެއިލް [email protected] އަށް ނުވަތަ ވައިބަ ނަމްބަރު، 7893838 އަށް ފޮނުވައި ދޭން އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

މި މަހު 24 ވަނަ ދުވަހު ބާއްވާ އެތުލެޓިކްސް އިންތިހާބުގައި، އެސޯސިއޭޝަންގެ ރައީސް، ނައިބު ރައީސް، ހަޒާންދާރު، ހިންގާ ކޮމިޓީގެ ތިން މެމްބަރުންގެ އިތުރުން އަންހެން މެމްބަރަކު އިންތިހާބުކުރާނެ އެވެ.

އެ ގޮތުން، އެތުލެޓިކްސްގެ ރައީސް އާއި ނައިބު ރައީސް އަދި ހަޒާންދާރު ކަމަށް ކުރިމަތިލެވޭނީ އެސޯސިއޭޝަން މެމްބަރު ކްލަބްތަކުގެ ތެރެއިން ކޮންމެ ވެސް އެއް ކްލަބެއްގެ ތާއީދު ލިބިގެންނެވެ. އުސޫލު އޮތްގޮތުން، އެއް ކްލަބަކަށް އެއް މަގާމަށް ވުރެ އިތުރަކަށް ތަމްސީލު ނުކުރެވޭނެ އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް މުހައްމަދު ތޮލާލް، އައްޔަނުކުރެއްވުމާ އެކު، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ވަނީ ހުސްވެފަ އެވެ. މިދިޔަ ފަސް ވަރަކަށް މަސް ދުވަހު، އެތުލެޓިކްސްގެ އިސް ފަރާތެއްގެ ގޮތުގައި، ހުންނެވީ ނައިބު ރައީސް، އަހުމަދު އަޒީލް އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމުން ތޮލާލް އިސްތިއުފާދިންއިރު، އޭނާ އައީ އެ އެސޯސިއޭޝަންގެ ރައީސްގެ ގޮތުގައި ތިން ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުންނެވެ. ތޮލާލްގެ ޓީމުގައި ހިމެނިގެން މިދިޔަަ އަހަރުތަކުގައި އަޒީލް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.