Advertisement

އޭޝިއާ މުބާރާތުގައި ރާއްޖޭގެ ޒުވާން ބީޗްވޮލީ ޓީމަށް ދަށް ނަތީޖާތަކެއް

3 މޭ 2024 - 15:00 0


އޭޝިއާ މުބާރާތުގައި ރާއްޖޭގެ ޒުވާން ބީޗްވޮލީ ޓީމަށް ދަށް ނަތީޖާތަކެއް

3 މޭ 2024 - 15:00 0

ތައިލެންޑުގައި ކުރިއަށްދާ ފަސް ވަނަ އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗްވޮލީބޯޅަ މުބާރާތުގައި ވާދަކުރި ދިވެހި ދެ ޕެއާ އިން ވެސް ދަށް ނަތީޖާތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރާއްޖެއިން މި މުބާރާތުގައި ވާދަކުރާ ދެ ޕެއާ އަކީ, މުހައްމަދު އިސްމާއިލް އިކުރާމް ރަޝީދާއި, އިބްރާހީމް ރާކިން ހަސަންގެ ޕެއާ އާއި, މުހައްމަދު އިއުޖާޒް ހަސަން އާއި, އަބްދުالله އާލް އަލީގެ ޕެއާ އެވެ. ރާއްޖެއިން މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ބައިވެރިވެފަ އެއް ނުވެ އެވެ.

ރާއްޖޭގެ ދެ ޕެއާ އިން ވެސް ގްރޫޕްގައި ވާދަކުރި ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ގްރޫޕް އޭގައި ވާދަކުރި އިއުޖާޒް އާއި އާލްގެ ޕެއާ ފުރަތަމަ މެޗުގައި ތައިލެންޑްގެ ބިގް އާއި އަޕީޗަތުގެ ޕެއާ އަތުން ބަލިވީ 21-01، 21-04 އިންނެވެ. ދެ ވަނަ މެޗުގައި، ޗައިނީސް ޓައިޕޭގެ ޕެއާ، ޔޫ އާއި ޝެންގެ ޕެއާ އަތުން ބަލިވީ، 21-0، 21-6 އިންނެވެ. އަދި ފަހު މެޗުގައި، ލެބަނަންގެ ޝާދު އާއި ޝަބީބްގެ ޕެއާ އަތުން ބަލިވީ، 21-11، 21-13 އިންނެވެ.

ގްރޫޕް ބީގައި ރާއްޖޭން ވާދަކުރި، އިކުރާމް އާއި ރާކިންގެ ޕެއާ ވަނީ ފުރަތަމަ މެޗުގައި ތައިލެންޑްގެ ޕެއާ، ރުއަންގްްރިތު އާއި ސަރަނަތުގެ ޕެއާ އަތުން 21-02، 21-04 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި، ލެބަަނަންގެ ކުޒޭހާ އާއި ޖޭހީގެ ޕެއާ އަތުން ބަލިވީ، 09-21، 06-21 އިންނެވެ. ތިން ވަނަ މެޗުގައި، ޑޮނޮވަން އާއި ރޮކާ ގްރަހަމްގެ ޕެއާ އަތުން ބަލިވީ، 21-08، 21-11 އިންނެވެ.

ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު، ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ)، ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި، އެންމެ ހަތަރު ދުވަހު ޕްރެކްޓިސްކުރުމަށް ފަހު، މުބާރާތަކަށް ދިއުމަށް ވުރެ، އެ ފައިސާ ކުޅުންތެރިންގެ ޓްރެއިނިން އަށް ހަރަދުކުރުން ވެސް މާ ރަނގަޅުވާނެ ކަމަށެވެ.

ރާއްޖެ އަށް ބީޗްވޮލީބޯޅަ އިން މެޑަލް ގެނެސްދީފައިވާ ކުރީގެ ކުޅުންތެރިޔާ، ޝިއުނާޒް ވަނީ ކުޅިވަރާބެހޭ ވުޒާރާ އަށް ވެސް އިލްތިމާސެއްކޮށްފަ އެވެ. އެއީ، މުބާރާތަށް ދާން ޓީމުތަކަށް ސްޕޯޓްސް މިނިސްޓްރީން ބަޖެޓް ހަމަޖައްސައިދޭއިރު، ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ފަހު، އެކަން ކުރުމަށެވެ.