Advertisement

ރޮނާލްޑޯގެ ދެ ގޯލާ އެކު އަލް ނަސްރު ކިންގްސް ކަޕް ފައިނަލަށް

2 މޭ 2024 - 07:08 0

އަލް ނަސްރުގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ރޮނާލްޑޯގެ ދެ ގޯލާ އެކު އަލް ނަސްރު ކިންގްސް ކަޕް ފައިނަލަށް

2 މޭ 2024 - 07:08 0

ރިޔާދު، ސައުދީ އަރަބިއްޔާ (މެއި 2) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު، އަލް ނަސްރުން ސައުދީ ކިންގްސް ކަޕްގެ ސެމީ ފައިނަލުގައި އަލް ހަލީޖް އަތުން 3-1 އިން މޮޅުވެ، މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މަހު 31 ވަނަ ދުވަހު ކުޅޭ ފައިނަލުގައި އަލް ނަސްރުން ވާދަކުރާނީ އަލް ހިލާލްއާ އެވެ.

ރޭގެ މެޗުގައި އަލް ނަސްރުން ލީޑުނެގީ 17 ވަނަ މިނިޓްގައި ރޮނާލްޑޯ ޖެހި ގޯލުންނެވެ. ހަލީޖްގެ ކީޕަރު، އިބްރާހިމް ސެހިޗް ފަަހަތުން ކުޅުނު ވަގުތުގައި ކުރިއަށް އަރައި ހުރި ވަގުތު ލިބުނު ބޯޅައެއް ރޮނާލްޑޯ ވަނީ އެއް ފަހަރުން، ވާތު ފައިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ރޮނާލްޑޯ މި މެޗުގައި ކުޅުނީ، އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ އެކު އައި ސަސްޕެންޝަނުން ސަލާމަތްވެގެންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ނަސްރުން ލީޑުފުޅާކުރި އެވެ. މި ލަނޑު ޖެހީ، 37 ވަަނަ މިނިޓްގައި ޕެނަލްޓީ އަކުން ސަޑިއޯ މާނޭ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، 12 މިނިޓް ތެރޭ އަލް ނަސްރުން ތިން ވަނަ ލަނޑެއް ޖެހި އެވެ. މި ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ރޮނާލްޑޯ އެވެ. ރޮނާލްޑޯގެ މި ދެ ގޯލާ އެކު، މި ސީޒަނުގައި އޭނާ ވަނީ 45 މެޗުން 44 ގޯލު ޖަހައިފަ އެވެ. އަދި 12 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެ އެެވެ.

އުންމީދެއް ހޯދަން ކުރި މަސައްކަތުގައި، ހަލީޖުން ލަނޑެއް ޖެހި އެވެ. މެޗުގެ 82 ވަނަ މިނިޓްގައި ހަލީޖްގެ ލަނޑު ޖެހީ ފަވާޒް އަލް ތަރައީޒް އެވެ.

މިދިޔަ އަހަރުގެ ސެމީ ފައިނަލުން އަލް ނަސްރު ކެޓީ އަލް ވަހުދާ އަތުންނެވެ. ތަށި ހޯދީ އަލް ވަހުދާ ބަލިކޮށް އަލް ހިލާލް އެވެ.