Advertisement

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ފާޅުކުރެއްވީ އުޖޫރައިގެ ހަމަހަމަކަން ނެތުމުގެ ކަންބޮޑުވުން!

1 މޭ 2024 - 08:15 1

ނިމާ ހަސަން

ނ

Advertisement

ސިވިލް ސާވިސްގެ ރައީށް ނާސިހު; ސިވިލް ސާވިސް މުވައްޒަފުންނަށް އުޖޫރައިގެ ހަމަހަމަކަން ފޯރުކޮށްދޭން ގޮވާލެއްވި -- ފޮޓޯ: އަދަދު


ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ފާޅުކުރެއްވީ އުޖޫރައިގެ ހަމަހަމަކަން ނެތުމުގެ ކަންބޮޑުވުން!

1 މޭ 2024 - 08:15 1

Advertisement

Advertisement

ސިވިލް ސާވިސް މުވައްޒަފުންނަށް އުޖޫރަދިނުމުގައި ހަމަހަމަކަން ނެތުމުގެ ކަންބޮޑުވުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު މިއަދު ފާޅުކުރައްވައިފި އެވެ.

ސިވިލް ސާވިސް ދުވަހާއި, ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހު މުނާސަބަތުގައި ނާސިހު ފޮނުއްވި ހިތޯބުގައި ވިދާޅުވީ, މަސައްކަތުގެ އުޖޫރަ މަތިކޮށް, އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ސިއްހީ އަދި ތައުލީމީ ދާއިރާގެ ބައެއް މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ލިބިފައިވާ ކަމަށެވެ.

Advertisement

އެހެން ނަމަވެސް, ސިވިލް ސާވިސްގެ ގިނަ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ކުރިއެރުން ލިބިފައިނުވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ, އެއީ ގާބިލު މުވައްޒަފުން ހޯދަން ދިމާވާ އުނދަގުލެއް ކަމަށާއި, މިހާރު ތިބި މުވައްޒަފުން މާޔޫސްކުރުވާ ކަމެއް ކަމަށެވެ.

"އުޖޫރައިގެ ހަމަހަމަކަން ގާއިމުނުވެ ހޭދަވާ ކޮންމެ ދުވަހަކީ ސިވިލް ސާވިސްގެ ދާއިރާތަކަށް ގާބިލު މީހުން ލިބުމުގެ ދަތިކަން ތަހަންމަލު ކުރަން ޖެހޭ އަދި ހިދުމަތުގައި މިހާރުވެސް ދެބިތިބި މިފަދަ މުވައްޒަފުންނަށް ނުތަނަވަސްކަމާއި މާޔޫސްކަމާއި ކުރިމަތިލާންޖެހިފައިވާ ދުވަހެއްކަން ފާހަގަކުރަން" ނާސިހު ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ހުރިހާ ފަންތިއަކާއި ގިންތިތަކެއްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ދިނުމާ އެކު އުޖޫރައިގެ ހަމަހަމަކަން ގާއިމުކޮށްދޭން ސަރުކާރަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

Advertisement

ހިތޯބުގައި ނާސިހު ވިދާޅުވީ, ޒަމާނާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ހިދުމަތް ދިނުމުގެ ވައްޓަފާޅިއަށް އައި ބަދަލުގެ ސަބަބުން, ހިދުމަތުގެ އާންމު މިންގަނޑެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނަ މިންގަނޑު ބޮޑުތަނުން އުފުލިފައިވާ ކަމަށެވެ. އެހެންކަމުން ޒަމާނީ ފެންވަރެއްގައި އަވަސް ހިދުމަތްތަކެއް ދިނުމުގެ ޒިންމާއާއި ވާޖިބު އަދާކުރާ ސިވިލް ސާވެންޓުންގެ ހުނަރާއި ގާބިލުކަން މަތިކުރުމަށް މިއަދު އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ކޮށާމެށުން

11 months ago

މުސާރަތައް ކޮށާ މަށާގެން މުސާރަ ބޮޑުކުރާ ކުޅިވަރު ފެށީ ގޭސިމް. ދެން ޔެމްޔެމްޔޭ. ދެން ޓައި ޖެނެރަލް. ދެން މީރޯ. ދެން މިނިމަމް މުވައްސުސާ. ދެން ހަމަހަމަ ކުރަން އައި ބޯޑުން ހަމަހަމަ ކުރާތާ 10 އަހަރު ވީ. މަޖްލިސް ބޮޑުކުރީ.. ޑަކްޓަރުން ބޮޑުކުރީ. .ސިފައިން ބޮޑުވަނީ. ފުލުހުން ބޮޑުވަނީ. ސިވިލްވެންޓުން ބޮނޑު ނުވަނީ. މަޖާ ގާއުމް ހުންނަނީ.