Advertisement

ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް: އަނަންތަރާ ބަލިކޮށް ޗެމްޕިއަންކަން ފޯ ސީޒަންސް އަށް

28 އޭޕްރީލް 2024 - 06:23 0


ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް: އަނަންތަރާ ބަލިކޮށް ޗެމްޕިއަންކަން ފޯ ސީޒަންސް އަށް

28 އޭޕްރީލް 2024 - 06:23 0

އެލް މޯބައިލް ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި އަނަންތަރާ ބަލިކޮށް ޗެމްޕިއަންކަން ފޯ ސީޒަންސް ރިސޯޓުން ހޯދައިފި އެވެ.

އޭދަފުށި ބެޑްމިންޓަން ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ފޯ ސީޒަންސް އިން ކާމިޔާބުކުރީ 3-2 ގޭމުންނެވެ.

މި ދެ ޓީމު ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗު ވެސް ފޯ ސީޒަންސް އިން ކާމިޔާބުކުރީ 3-2 ގޭމުންނެވެ.

މި މުބާރާތުގެ މެޗުތައް ކުރިއަށް ދިޔައީ ޓީމް އިވެންޓެއްގެ ގޮތުގަ އެވެ. ކޮންމެ މެޗެއްގައި ވެސް، ފަސް ގޭމް ހިމެނޭއިރު، ގޭމްތައް ކުޅެނީ ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް، ފިރިހެން ސިންގަލްސް، މިކްސް ޑަބަލްސް އަދި ފިރިހެން ޑަބަލްސް ގޭމެއް ކުޅޭ ގޮތަށެވެ.

މިއީ ރިވައިވަލް އިން އިސްނަގައިގެން ރިސޯޓު ބެޑްމިންޓަން މުބާރާތް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ މުބާރާތުގައި ހަ ރިސޯޓަކުން ބައިވެރިވެފައިވާއިރު, އެ ރިސޯޓުތަކަކީ ޝިޔާމް ވޯލްޑް ފޯ ސީޒަން, އަނަންތަރާ ކިހަވައް, ރޯޔަލް އައިލެންޑް ރިސޯޓް, އަވާނީ ފަރެސް އަދި އަމިއްލަ ފުށި ރިސޯޓެވެ.

ރިވައިވަލް ސްޕޯޓްސް ކުލަބުން އަންނަނީ އޭދަފުށީގައި އެ ކުލަބްގެ އެކަޑަމީ އެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި މި ފަހުން ވަނީ އެ ރަށުގައި ޔޫތު މުބާރާތެއްވެސް ބާއްވާފަ އެވެ.

ރިވައިވަލް އިން ވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 ރުފިޔާ ދީފަ އެވެ.