Advertisement

ބޮޑު މެޗެއްގެ ކުރިން ކާވަހާލް ބުނީ ހާއްސަ ވާހަކައެއް

8 މޭ 2024 - 09:19 0


ބޮޑު މެޗެއްގެ ކުރިން ކާވަހާލް ބުނީ ހާއްސަ ވާހަކައެއް

8 މޭ 2024 - 09:19 0

މެޑްރިޑް (މެއި 7) - މިރޭ އަމިއްލަ ދަނޑުގައި ބަޔާންއާ ދެކޮޅަށް ކުޅޭ މެޗަކީ ރެއާލުގެ ބައެއް ކުޅުންތެރިން ޗެމްޕިއަންސް ލީގުގައި ކުޅޭ ފަހު މެޗަށް ނުވުމަށް އެދޭ ކަމަށް ރެއާލުގެ ޑިފެންޑަރު ޑެނީ ކާވަހާލް ބުނެފި އެވެ.

ކާވަހާލް މިހެން ބުނިއިރު, މި ސީޒަނަށްފަހު ރެއާލުން އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. އަދި ކެޕްޓަން ނަޗޯ ފެނާންޑޭޒް ވެސް މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު، އަންނަ ސީޒަނުގައި ވެސް ޓޯނީ ކްރޫސް ރެއާލްގައި މަޑުކުރާނެކަން އޭނާ ވަނީ ހާމަކޮށްފަ އެވެ.

ބަޔާން މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކާވަހާލް ބުނީ އަމިއްލަ ދަނޑުގައި ކުޅެން ޖެހުން އެއީ ލިބޭނެ އެޑްވާންޓޭޖެއް ކަމަށެެވެ.

އެގޮތުން، ރެއާލްގެ ތާރީހީ ސްޓޭޑިއަމް، ސަންޓިއާގޯ ބާނަބެއު ގައި މިހާތަނަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗުތަކުގައި ރެއާލުން ނަތީޖާ ނެރެފައިވާތީ ކަމަށް ކާވަހާލް ބުނެފައިވެ އެވެ.

"މިކަހަލަ މެޗުތަކަށް ރެއާލުގެ ކުޅުންތެރިން އަލެއް ނުވާނެ. ހުރިހާ ގޮތަކުންވެސް އެޑުވާންޓެޖް އޮތީ ރެއާލަށް. އެޑުވާންޓޭޖްގެ ބޭނުން ހިފަން ރެއާލުން އޮތީ ތައްޔާރަށް" ކާވަހާލް ބުންޏެވެ.

"އެއްވެސް ކުޅުންތެރި އެއް އަދި އަހަރެންވެސް ނޭދެން މިއީ ރެއާލުގެ ބައެއް ކުޅުންތެރިން ޗެމްޕިއަންސް ލީގުގައި ކުޅޭ ފަހު މެޗަށް ވުމެއް" ކާވަހާލް އިތުރަށް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކާވަހާލް މިހެން ބުނީ މޮޑްރިޗަށް އަމާޒުކޮށެވެ. އަދި މިއީ މޮޑްރިޗް ރެއާލަށް ކުޅޭނެ ފަހު ސީޒަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރެއާލާ އެކު ފަސް ޗެމްޕިއަންސް ލީގު ހޯދާފައިވާ ކުޅުންތެރިންގެ ލިސްޓުގައި މޮޑްރިޗް ހިމެނެ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގު ރެއާލުން ކާމިޔާބު ކޮށްފިނަމަ އެ ޓީމުގެ ހަތަރު ކުޅުންތެރިއެއް ވެގެންދާނީ ޗެމްޕިއަންސް ލީގު އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ކުޅުންތެރިންނަށެވެ. އެއީ މޮޑްރިޗް, ކްރޫސް, ކާވަހާލް އަދި ނާޗޯ އެވެ.