Advertisement

ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް: ޝިޔާމް ވޯލްޑާއި ފޯ ސީޒަން މޮޅުވެ ފެށުން ރަނގަޅު ކޮށްފި

24 އޭޕްރީލް 2024 - 14:12 0

ރިވައިވަލް ސްޕޯޓްސް ކުލަބުން ކުރިއަށް ގެންދާ އިންޓަ ރިސޯޓް ބެޑްމިންޓަން މުބާރާތުގެ ތެރެއިން - ފޮޓޯ: ރިވައިވަލް ސްޕޯޓްސް ކުލަބް


ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް: ޝިޔާމް ވޯލްޑާއި ފޯ ސީޒަން މޮޅުވެ ފެށުން ރަނގަޅު ކޮށްފި

24 އޭޕްރީލް 2024 - 14:12 0

އެލް މޯބައިލް ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް ޝިޔާމް ވޯލްޑް އަދި ފޯ ސީޒަންސް އިން ފެށުން ރަނގަޅު ކޮށްފި އެވެ.

އޭދަފުށީގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ދެ މެޗެއް ވަނީ ކުޅެފަ އެވެ. އެއީ ޝިޔާމް ވޯލްޑް އާއި ރޯޔަލް އައިލެންޑް ބައްދަލުކުރި މެޗާއި, ފޯ ސީޒަން އަދި އަނަންތަރާ ބައްދަލުކުރި މެޗެވެ.

ރޯޔަލް އައިލެންޑް އަތުން ޝިޔާމް ވޯލްޑް ކުރިހޯދީ ފަސޭހަކަމާއެކު 4-1 ގެ ނަތީޖާ އަކުންނެވެ.

މި މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ ޓީމް އިވެންޓެއްގެ ގޮތުގަ އެވެ. ކޮންމެ މެޗެއްގައި ވެސް، ފަސް ގޭމް ހިމެނޭއިރު، ގޭމްތައް ކުޅެނީ ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް، ފިރިހެން ސިންގަލްސް، މިކްސް ޑަބަލްސް އަދި ފިރިހެން ޑަބަލްސް ގޭމެއް ކުޅޭ ގޮތަށެވެ.

މި ފަހަރުގެ މުބާރާތުގައި ހަ ރިސޯޓަކުން ބައިވެރިވެފައިވާއިރު, އެ ރިސޯޓުތަކަކީ ޝިޔާމް ވޯލްޑް ފޯ ސީޒަން, އަނަންތަރާ ކިހަވައް, ރޯޔަލް އައިލެންޑް ރިސޯޓް, އަވާނީ ފަރެސް އަދި އަމިއްލަ ފުށި ރިސޯޓެވެ.

ރިވައިވަލް ސްޕޯޓްސް ކުލަބުން އަންނަނީ އޭދަފުށީގައި އެ ކުލަބްގެ އެކަޑަމީ އެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި މި ފަހުން ވަނީ އެ ރަށުގައި ޔޫތު މުބާރާތެއްވެސް ބާއްވާފަ އެވެ.