Advertisement

ރައީސް އޮފީހުގެ އިސް ތަރުޖަމަނާކަށް، އެންސްޕާގެ ސީއީއޯގެ މަގާމުގައިވެސް ހުންނެވި ހީނާ

23 އޭޕްރީލް 2024 - 19:10 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހީނާ ވަލީދު : ރައީސް އޮފީހުގެ އާ ތަރުޖަމާނަކީ އޭނާ - ފޮޓޯ: އިޔާދު / އަދަދު


ރައީސް އޮފީހުގެ އިސް ތަރުޖަމަނާކަށް، އެންސްޕާގެ ސީއީއޯގެ މަގާމުގައިވެސް ހުންނެވި ހީނާ

23 އޭޕްރީލް 2024 - 19:10 0

ރައީސް އޮފިހުގެ އިސް ތަރުޖަމާނުގެ މަގާމަށް، އެންސްޕާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ހީނާ ވަލީދު އައްޔަންކުރައްވައިފި އެވެ.

މިއީ މި އަހަރުގެ ފުރަތަމަ ދުވަހު ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ ގޮތުގައި ހުންނެވި މުހައްމަދު ޝަހީބު އެ މަގާމުން ވަކިކުރިފަހުން، އެ މަގާމަށް ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. ވަކި ސަބަބެއް ބަޔާން ނުކޮށް ޝަހީބު ވަކިކޮށް، ރައީސް ވަނީ އޭނާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ހީނާއަށް މި މަގާމު ދެއްވީ އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ އެންސްޕާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވާ ގޮތަށެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނުގެ ގޮތުގައި އަދާކުރައްވާ ވަޒީފާއަށް ހީނާ މުސާރަ ނުނަންގަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ހީނާއަކީ ވެރިކަންކުރާ ޕީއެންސީގެވެސް ތަރުޖަމާނެވެ. އެގޮތުން ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައިވެސް ހީނާ ވަނީ އެ މަގާމު އަދާކުރައްވާފަ އެވެ.

ހީނާ ވަނީ މީގެ ކުރިން ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު ކަމުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އޭނާ އެންމެ ފާހަގަކޮށްލެވެނީ ޕީއެސްއެމް އަށް ގިނަ މުއްދަތަކަށް ހިދުމަތްކުރެއްވި ފަރާތެއްގެ ގޮތުގަ އެވެ.