Advertisement

ބަންދަށް ފަހު މަޖިލީހުގެ ޖަލްސާތައް މިއަދު ފަށަނީ

23 އޭޕްރީލް 2024 - 07:29 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ބަންދަށް ފަހު މަޖިލީހުގެ ޖަލްސާތައް މިއަދު ފަށަނީ

23 އޭޕްރީލް 2024 - 07:29 1

ބަންދަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު ފަށާނެ އެވެ.

މަޖިލިސް ޖަލްސާއެއް ތާވަލު މިކުރީ ތިން ހަފުތާއަށް ފަހު އެވެ. ޖަލްސާތައް މެދުކަނޑާލީ ރޯދަ މަހުގެ ފަހު ދިހަ އާއި އީދު ބަންދު އަދި މަޖިލިސް އިންތިހާބަށް ސަރުކާރުން ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައެޅި ދެ ދުވަށް ފަހު އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި މައިގަނޑު ގޮތެއްގައި އޮތީ ސަރުކާރުން ހުށަހެޅި ތިން ބިލަކަށް ބަހުސް ކުރުމެވެ. އެއީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާއި، ބިމުގެ ބިލާއި، ޖީނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.

ނިމިގެން ދިޔަ މަޖިލީހުގެ އިންތިހާބުގައި، މިހާރު މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ވަނީ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.

މަޖިލިސް އިންތިހާބު ކާމިޔާބު ކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. ޕީއެންސީގެ 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރި އެވެ. ސަރުކާރުން ތާއީދު ދިން ބައެއް އަމިއްލަ ކެންޑިޑޭޓުން ތިބިއިރު އޭގެ ތެރެއިން ގޮނޑި ކާމިޔާބުކުރި ކެންޑިޑޭޓުން ހިމެނުމުން ސަރުކާރު މެންބަރުންގެ އަދަދު 70 އަށް ވުރެ ގިނަ އެވެ.

އިދިކޮޅު އެމްޑީޕީއަށް މި ފަހަރު ކާމިޔާބުވީ 12 ގޮނޑި އެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިބޭނެ އެވެ.

ހިނގަމުން މިދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ އަންނަ މަހު ފަހުކޮޅު އެވެ.