Advertisement

ވޯޓުގަތުމުގެ މައްސަލަަައަށް އެޑްރެސްކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި

22 އޭޕްރީލް 2024 - 10:57 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން އިއްޔެ ބޭއްވި އިންތިހާބުގައި ލާފައިވާ ވޯޓުތަކެއް ގުނަނީ. އިއްޔެގެ އިންތިހާބަކީ އެއްޕާޓީއަކަށް އެންމެ ގިނަ ގޮނޑިދިން އިންތިހާބު. ފޮޓޯ:އިޔާދު އަބްދުލް ވައްހާބް/އަދަދު


ވޯޓުގަތުމުގެ މައްސަލަަައަށް އެޑްރެސްކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި

22 އޭޕްރީލް 2024 - 10:57 2

ވިހިވަނަ ރައްުޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން އިއްޔެ ބޭއްވި އިންތިހާބުގެ އިދާރީ ކަންތައްތައް ރަނގަޅުކަން ފާހަގަކުރުމާ އެކު، ވޯޓުގަތުން ހިމެނޭ ގޮތުން، އެ އިންތިހާބުގައި ފާހަގަކުރެވުނު ބޮޑެތި މައްސަލަތަކަށް އެޑްރެސްކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ގޮވާލައިފި އެވެ.

އިންތިހާބު އޮބްޒާވްކުރުމަށް ފަހު އިދާރީ ކަންކަމާ ބެހޭ ގޮތުން ނެރުނު ބަޔާން ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރި ތުރެޑް" ގައި ބުނީ ވޯޓުގަތުމުގެ މައްސަލައާއި ސިޔާސީ ކަންކަމަށް ފައިސާ ހޯދުމާއި ހަރަދުކުރުމުގައި ދެފުށް ފެންނަ އުސޫލު ނެތުމުގެ މައްސަލައަށް އެޑްރެސްކުރަން ހުރިހާ ފަރާތްތަކަށް ގޮވައިލާ ކަމަށެވެ. ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި ސިޔާސީ ކަންކަމުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ނެތުމުގެ މައްސަލައަށް އެޑްރެސް ކުރަން ވެސް އެޖަމިއްޔާއިން ގޮވައިލި އެވެ.

"މަޝްރޫއުތައް ފެށުން ހިމެނޭ ގޮތުން، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ދިޔަތަން ކެމްޕެއިން ކުރުމުގެ މުއްދަތުގައި އަޅުގަނޑުމެންނަށް ފެންނަމުން ދިޔަ،" ޓްރާންސްޕޭރެންސީން ބުންޏެވެ.

އެ ޖަމިއްޔާއިން ރޭ ނެރުނު ބަޔާނުގައި ބުނީ އިންތިހާބުގެ އިދާރީ އިންތިޒާމުތައް ޖުމުލަކޮށް ރަނގަޅުކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުން ފެށިގެން ވޯޓަށް ނުފޫޒު ފޯރާނެ ފަދަ އެތައް ކަމެއް ކޮށްފައިވާކަން އެ ޖަމިއްޔާއަށް ފާހަގަވެފައިވާ ކަމަށް ވެސް ބުންޏެވެ.

އެސްއޯއީތަކާއި ދައުލަތުގެ ވުޒާރާތަކުން މިދިޔަ 48 ގަޑިއިރު ތެރޭގައި އިއުލާނު ކުރި ބޮޑެތި މަޝްރޫއުތަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ފާއިތުވި 48 ގަޑިއިރު ތެރޭގައި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ވުޒާރާތަކުގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުތަކުން 680 މިލިއަން ރުފިޔާގެ ހަ ތަރައްގީގެ މަޝްރޫއުއެއް ހަވާލުކޮށްފައިވާކަން އިއުލާނު ކުރުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިއްޔެގެ އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް ހޯދީ ވެރިކަން ހިންގާ ޕީއެންސީއިންނެވެ. ޖުމްލަ 93 ގޮނޑީގެ ތެރެއިން އެ ޕާޓީން ގާތްގަނޑަކަށް 70 ނުވަތަ އެއަށްވުރެ ވެސް ގިނަ ގޮނޑި ގެންދާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން އެއީ ސުޕަމެޖޯރިޓީއެކެވެ.