Advertisement

ހުލާސާކޮށް އިއްޔެ: 20 ވަނަ މަޖިލީސް ޕީއެންސީއަށް

22 އޭޕްރީލް 2024 - 07:06 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: 20 ވަނަ މަޖިލީސް ޕީއެންސީއަށް

22 އޭޕްރީލް 2024 - 07:06 0

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ ސުޕަ މެޖޯރިޓީ ހޯދުމާ ވަނީ ގާތްވެފަ އެވެ.

"އަދަދު" އަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ޕީއެންސީއަށް 20 ވަނަ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 69 ގޮނޑި ލިބެ އެވެ. ގާނޫނުއަސާސީ ބަދަލުކުރަން ބޭނުންވާ އަދަދު ކަމުގައިވާ ހަތަރު ބައިކުޅަ ތިން ބަޔަކީ 70 މެންބަރުންނެވެ.

އިތުރު ފޮށިތަކުގެ ނަތީޖާ ފުރިހަމައަށް ސާފުވުމާއެކު ޕީއެންސީއަށް ލިބުނު ގޮނޑީގެ އަދަދު 70 އަށް އެރުން އެކަށީގެންވެ އެވެ. ޕީއެންސީއަށް ލިބުނު ގޮނޑިތަކުގެ އިތުރުން މި ސަރުކާރުގެ ޕާޓުނަރުންކަމުގައިވާ އެމްޑީއޭއަށް ދެ ގޮނޑި، އަދި އެމްއެންޕީއަށް އެއް ގޮނޑި ލިބިފައިވެ އެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ލިބުނީ 10 ގޮނޑި އެވެ. މިނިވަން ކެންޑިޑޭޓުންނަސް 12 ގޮނޑިއެވެމ

އެމްޑީޕީގެ ވެރިކަން ބަދަލުވި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު 54 އިންސައްތަ ވޯޓުންނެވެ. މަޖިލީހުގެ މި އިންސައްތައަށްވުރެ ގިނައިން ޕީއެންސީ ނަގާނެ ކަމަށް ބެލެވެ އެވެ.

މުހިއްމު ބައެއް ހަބަރު