Advertisement

ވަގުތީ ނަތީޖާއަށް ބަލާއިރު ޕީއެންސީ ބޮޑު މެޖޯރިޓީއަކާ ދިމާއަށް

21 އޭޕްރީލް 2024 - 20:43 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީއެންސީގެ މަޖިލިސް ކެމްޕޭން ނިންމާލުމުގެ ގޮތުން އިއްޔެ ބޭއްވި ހިނގާލުމުގެ ތެރެއިން : އެމްޑީޕީ ލަދުގަންނަވާލާ ޕީއެންސީއިން މަޖިލީހުގައިވެސް ބޮޑު މޮޅެއް! - ފޮޓޯ: އަދަދު


ވަގުތީ ނަތީޖާއަށް ބަލާއިރު ޕީއެންސީ ބޮޑު މެޖޯރިޓީއަކާ ދިމާއަށް

21 އޭޕްރީލް 2024 - 20:43 1

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ބޮޑު މެޖޯރިޓީއެއް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހޯދާނެ ކަމަށް ބެލެވިއްޖެ އެވެ.

މިހާތަނަށް "އަދަދު" އަށް ލިބިފައިވާ ނަތީޖާތައް ދައްކާގޮތުން ޕީއެންސީއަށް މަޖިލީހުގެ 55 އަށްވުރެ ގިނަ ގޮނޑި ލިބޭނެ އެވެ. ޖުމްލަ 93 ގޮނޑި އެކުލެވޭ 20 ވަނަ މަޖިލީހުގެ މެޖޯރިޓީއަކީ 47 ގޮނޑި އެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުވި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު 54 އިންސައްތަ ވޯޓުންނެވެ. މަޖިލީހުގެ މި އިންސައްތައަށްވުރެ ގިނައިން ޕީއެންސީ ނަގާނެ ކަމަށް ބެލެވެ އެވެ.

މިއީ އިދިކޮޅު އެމްޑީޕީއަށް މަޖިލީހުގެ ނިސްބަތުން އެންމެ މަދުން ގޮނޑި ލިބޭ މަޖިލީހަށް ވުމުގެ ފުރުސަތު އެބައޮތެވެ.

މިއަދު ބޭއްވި މަޖިލިސް އިންތިހާބަކީ ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގައި އެންމެ މަދު މީހުން ނުކުމެ ވޯޓުލީ އިންތިހާބަށް ވުންވެސް ގާތެވެ. ވޯޓުލުން ނިމުނުއިރު މިއަދުގެ އިންތިހާބުގައި ވޯޓުލާފައިވަނީ ވޯޓުލެވޭ އާބާދީގެ 73 އިންސައްތަ މީހުންނެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ ޖުމްލައަކީ 284،663 މީހުންނަށެވެ.

މިއަދުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓުނުއިރު އޭގެ ތެރެއިން މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށްޓެއް ބެހެއްޓުނެވެ. ރާއްޖެއިން ބޭރުގައި ތިން ފޮށްޓެއް ވަނީ ބެހެއްޓިފަ އެވެ.