Advertisement

6 ރިސޯޓާ އެކު ރިވައިވަލްގެ އިންޓަ ރިސޯޓް ބެޑްމިންޓަން މުބާރާތް ފަށަނީ

21 އޭޕްރީލް 2024 - 16:51 0

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ރާއްޖޭގައި ބޭއްވުނު އިންޓަނޭޝަނަލް މުބާރާތެއްގެ ތެރެއިން.--- ފޮޓޯ: އަދަދު


6 ރިސޯޓާ އެކު ރިވައިވަލްގެ އިންޓަ ރިސޯޓް ބެޑްމިންޓަން މުބާރާތް ފަށަނީ

21 އޭޕްރީލް 2024 - 16:51 0

ޖުމްލަ އެކު ހަ ރިސޯޓާ އެކު، ރިވައިވަލް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ އިންޓަ ރިސޯޓް ބެޑްމިންޓަން މުބާރާތް ފަށަން ތައްޔާރުވެއްޖެ އެވެ.

އެލް މޮބައިލް އިން ޓައިޓަލް ސްޕޮންސަރުކަން ނަގާފައިވާ މި މުބާރާތް ރިވައިވަލް އިން ކުރިއަށްގެންދަނީ ބ. އޭދަފުށީ ބެޑްމިންޓަން ކޯޓުގަ އެވެ. ދާދި ފަހުން، ރިވައިވަލް އިން އޭދަފުށީގައި އެކެޑަމީއެއްގެ މަސައްކަތް ފަށައި، އެ ރަށުގައި ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތެއް ވަނީ ބާއްވައިފަ އެވެ. އެ މުބާރާތަށް ލިބުނު ތަރުހީބު ބޮޑެވެ.

ރިސޯޓްތަކަށް ހުޅުވާލައިގެން، ރިވައިވަލް އިން ބެޑްމިންޓަން މުބާރާތެއް ފަށަން ނިންމުމާ އެކު، ހަ ރިސޯޓަކުން ވަނީ ބައިވެރިވެފަ އެވެ.

މި މަހުގެ 23-27 އަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ރިސޯޓްތަކަކީ، އަނަންތަރާ ކިހަވައް ވިލާސް، ރޯޔަލް އައިލެންޑް ރިސޯޓް، ފޯސީޒަން ލަނޑާގިރާވަރު، އަވާނީ ފަރެސް، އަމިއްލަފުށި ރިސޯޓް އަދި ސިޔާމް ވޯލްޑް އެވެ.

މިކްސް ޓީމު އިވެންޓް މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދާން ނިންމާފައިވާ ރިސޯޓް ޗެމްޕިއަންޝިޕްގައި ޓީމު ރަޖިސްޓްރީ ކުރާއިރު، ޓީމުގައި ހަތަރު ފިރިހެން ކުޅުންތެރިންނާއި ދެ އަންހެން ކުޅުންތެރިން ހިމެނެން ޖެހޭނެ އެވެ.

ރިވައިވަލް އިން ވަނީ މުބާރާތް ފޯރިގަދަކުރުމާއި ޓީމުތައް ވަރުގަދަ ކުރުމުގެ ގޮތުން، ކޮންމެ ޓީމެއްގައި ވެސް ރިސޯޓުން ބޭރު އެއް ކުޅުންތެރިއަކު ހިމަނަން ފުރުސަތު ދީފަ އެެވެ. ޓީމުގައި ހަރަކާތްތެރިވެވޭނީ ތިން އޮފިޝަލުންނަށެވެ.

މުބާރާތް ކުރިއަށްދާން ނިންމާފައިވާ ގޮތަށް ބަލާއިރު، ކޮންމެ މެޗެއްގައި ވެސް، ފަސް ގޭމް ހިމެނޭނެ އެވެ. އެކާވީސް ޕޮއިންޓް ލިބޭ ފޯމެޓަށް ކުޅޭއިރު، ގޭމްތައް ރޭވިފައިވަނީ، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް، ފިރިހެން ސިންގަލްސް، މިކްސް ޑަބަލްސް އަދި ފިރިހެން ޑަބަލްސް ގޭމެއް ކުޅޭ ގޮތަށެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ، އަދަދު ސްޕޯޓްސް އެވެ.