Advertisement

އަމީރު ދިއްފުށީގައި ހުންނަ ގޭގައި ހުޅުޖަހާނެ ކަމުގެ އިންޒާރު ދިން މައްސަލަ ޕޮލިހަށް

21 އޭޕްރީލް 2024 - 05:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު : އަމީރު ދިއްފުށީގައި ހުންނަ ގޭގައި ހުޅުޖަހާނެ ކަމުގެ އިންޒާރު ދީފި - ފޮޓޯ: އަދަދު


އަމީރު ދިއްފުށީގައި ހުންނަ ގޭގައި ހުޅުޖަހާނެ ކަމުގެ އިންޒާރު ދިން މައްސަލަ ޕޮލިހަށް

21 އޭޕްރީލް 2024 - 05:13 0

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކ. ދިއްފުށީގައި ހުންނަ ގޭގައި ހުޅުޖަހާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި އެ އިންޒާރު ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އިންޒާރާ ގުޅިގެން އަމީރު ދިއްފުށިން ރޭގެ ވަގުތެއްގައި ފޭބި ކަމަށް އޭނާގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

"އަދަދު" ނޫހާ ވާހަކަ ދެއްކި އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އަމީރު ދިއްފުށިން ފޭބީ ރަށުގެ މަސްލަހަތު ގޯސް ނުކުރުމުގެ ބޭނުމުގައި ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބަހެއް ނުބުނެ އެވެ.