Advertisement

އިންތިހާބުގެ ވޯޓުލުން މާދަމާ ކުރިއަށްދާއިރު މާލޭގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފި

20 އޭޕްރީލް 2024 - 14:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގައި މުދާ އުފުލާ އުޅަނދެއް : މާދަމާގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު މާލޭގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފި - ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


އިންތިހާބުގެ ވޯޓުލުން މާދަމާ ކުރިއަށްދާއިރު މާލޭގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފި

20 އޭޕްރީލް 2024 - 14:13 0

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު މާލޭގެ މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުން ޓްރާންސްޕޯޓު މިނިސްޓްރީން މަނާކޮށްފި އެވެ.

މާދަމާގެ ވޯޓުލުން ފެށޭނީ ހެދުނު 8:00 ގަ އެވެ. ކިޔު ނެތްނަމަ ވޯޓުލުން ނިންމާލާނެ ވަގުތަކީ ހަވީރު 5:30 އެވެ.

މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ވަނީ ފަސް ކެޓަގަރީއެއްގެ އުޅަނދު މާދަމާގެ ވޯޓުލުން ކުރިއަށްދާ ވަގުތު ދުއްވުން މަނާކޮށްފަ އެވެ. މީގެ ތެރޭގައި މުޅީންވެސް ހިމެނެނީ ބަރު އުޅަނދުތަކެވެ.

އެގޮތުން:

  • C2 - ކެޓަގަރީގައި ހިމެނެނީ މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 2000 ކިލޯ (2 ޓަން) އިން ފެށިގެން 4000 ކިލޯ (4 ޓަން) ހަމަނުވާ އެއްގަމު އުޅަނދު
  • C0 - ކެޓަގަރީގައި ހިމެނެނީ މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 4000 ކިލޯ (4 ޓަން) އިން ފެށިގެން މަތީގެ އެއްގަމު އުޅަނދު
  • D - ކެޓަގަރީގައި ހިމެނެނީ އާޓިކިއުލޭޓް އުޅަނދުފަހަރު ނުވަތަ ތިން އެކްސެލްއަށްވުރެ ގިނަ އެކްސްއެލް ހުންނަ އެއްގަމު އުޅަނދު
  • E - ކެޓަގަރީގައި ހިމެނެނީ B,C ނުވަތަ D ކެޓަގަރީގެ އުޅަނދެއްގައި ޓްރެއިލަރެއް ޖަހައިގެން ދުއްވާ އެއްގަމު އުޅަނދު

މި ކެޓަގަރީތަކުގެ އުޅަނދުތައް ދުއްވުން ވުޒާރާއިން ވަނީ މަނާކޮށްފަ އެވެ.

"މި އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު އެއްގަމުދަތުރުފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ،" އެ އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް އިންތިހާބުތައް އޮންނަ ދުވަހު މާލޭގެ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. މާދަމާގެ އިންތިހާބުގައި މާލޭގެ 17 ދާއިރާގެ އިތުރުން މި ސަރަހައްދުގައި ދިރިއުޅޭ އެހެން ހުރިހާ ދާއިރާއެއްގެ މީހުންވެސް ވަކި ވަކި ވޯޓު ފޮށިތަކަށް ވޯޓުލާނެ އެވެ.