Advertisement

ކޯލިޝަން ހެދުމުގެ ވިސްނުން ނެތް ނަމަވެސް އެމްޑީޕީއާއެކު އެބަ މަސައްކަތް ކުރަން: ޔާމީން

18 އޭޕްރީލް 2024 - 22:53 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމްޑީޕީއާއެކު މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި -- ފޮޓޯ: އިޔާދު / އަދަދު


ކޯލިޝަން ހެދުމުގެ ވިސްނުން ނެތް ނަމަވެސް އެމްޑީޕީއާއެކު އެބަ މަސައްކަތް ކުރަން: ޔާމީން

18 އޭޕްރީލް 2024 - 22:53 1

ކޯލިޝަނެއް ނުހެދި ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކުގައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލު ކުރުމުން، ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ޕީއެންއެފްގެ ކެންޑިޑޭޓަކަށް ތާއީދު ކުރުމުން އުފާ ކުރާ ކަމަށެވެ.

ކޯލިޝަނެއް ހަދައިގެން މަސައްކަތް ނުކުރިޔަސް އެމްޑީޕީއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީން ނުވަތަ ޕީޕީއެމްއިން ނަމަވެސް އެމަނިކުފާނު ގަބޫލު ނުކުރައްވާ ސިޔާސަތުތަކަށް ހަމަ ގަބޫލު ނުކުރާނެ ކަމަށް ޔާމީނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލީޑް މި ކުރަނީ. އެހެންވީމަ އަޅުގަނޑުމެންގެ ދާއިރާތަކުގައި އަޅުގަނޑުމެންގެ ތާއީދު ބޮޑުތަންތަނުގައި އެމްޑީޕީ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ތާއީދު ކުރެއްވުމަކީ އުފާކުރާ ކަމެއް. ކޯލިޝަނެއް ހަދައިގެން މަސައްކަތް ކުރާކަށް ނޫން. އެކަމަކު މިހާރު ވެސް [އެކުގައި މަސައްކަތް] މި ކުރެވެނީ،" ޔާމީނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ ރިސޯސަސްތައް ބޭރުގެ މީހުންނަށް ވިއްކާލުމާ އަބަދުވެސް އެމަނިކުފާނު ދެކޮޅު ހައްދަވާނެ ކަމަށެވެ. ރަސްމާލެ ހިއްކުމުގެ އަގެއްގެ ގޮތުގައި މި ސަރުކާރުން 90 ހެކްޓަރުގެ ބިން ބޭރުގެ ބަޔަކަށް ވިއްކާލުމަކީ ޖީއެމްއާރަށް އެއާޕޯޓު ވިއްކާލުން ފަދަ ނިންމުމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

އޭގެ އިތުރުން ޔާމީނު ވިދާޅުވީ ސިޔާސީ ގޮތުން އޮތް ލޭބަލްތަކާ ދުރަށް ދާން ޖެހޭ ކަމަށާއި ރާއްޖޭގެ މިނިވަންކަން ގެއްލޭނެ އެއްވެސް ކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.