Advertisement

ރައީސް ވިދާޅުވަނީ ބޯހިޔާވަހިކަމަށް ދިން ޔަގީންކަން، "ޔަގީންވާނީ" މަޖިލިސް ލިބިގެން ކަމަށް

17 އޭޕްރީލް 2024 - 13:11 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ ޔަގީންކަން، ޔަގީންވާނީ މަޖިލިސް ލިބިގެން ކަމަށް - ފޮޓޯ: ޕީއެންސީ


ރައީސް ވިދާޅުވަނީ ބޯހިޔާވަހިކަމަށް ދިން ޔަގީންކަން، "ޔަގީންވާނީ" މަޖިލިސް ލިބިގެން ކަމަށް

17 އޭޕްރީލް 2024 - 13:11 2

ހުރިހާ ދިވެހި ރައްޔިތުންނަށް މި ވެރިކަމުގައި ބޯހިޔާވަހިކަން ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވަމުން ގެންދަވާ ޔަގީންކަން، ފުރިހަމައަށް ޔަގީންވާނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މި ފަސް އަހަރުގެ ދައުރުގެ ތެރޭ ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ސަރުކާރުން ކުރަމުންދާ ކެމްޕޭނުގެ ތެރެއިން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވަނީ އެ ވައުދު ތަކުރާރުކުރައްވައި ވާހަކަދައްކަވައިފަ އެވެ.

"އެ ޔަގީންކަމެއް ހާސިލެއް ނުކުރެވޭނެ މި ވިސްނުމާ އެއްގޮތަށް އެއްބާރުލުން ދޭނެ ބަޔަކު ތިބޭފުޅުން ހިޔާރުނުކޮށެއް، އެކަމުގަ އަޅުގަނޑުމެން ރިސްކެއް ނަގަންވި އެއްވެސް ސަބަބެއް އެބައޮތްތޯ"

އިދިކޮޅު ފަރާތްތަކަށް މަޖިލިސް ލިބިއްޖެނަމަ، އެމަނިކުފާނުގެ ވައުދު ފުއްދަވާނެ ކަމާމެދު އަމިއްލައަށް ސުވާލު އުފައްދަވަމުން ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން މާލޭގެ ރައްޔިތުންނާ މުހާތަބުކުރައްވާ ރައީސް ވިދާޅުވީ، "މާލޭގެ 17 ދާއިރާއަށް އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލައްވާފަ ތިއްބެވި ކެންޑިޑޭޓުން ހިޔާރުކުރެއްވީމަ، މާލޭގެ ރައްޔިތުންނަށް އަޅުގަނޑު ދިން ޔަގީންކަން، ދެމުން މި އަންނަ ޔަގީންކަން، ދީފައިވާ ޔަގީންކަން، ޔަގީންކަމަކަށް ހަދައިދޭނަން" މިފަދައިންނެވެ.

ސަރުކާރުގެ ކޮންޓްރޯލް ނެތް މަޖިލީހަކުން ބޯހިޔާވަހިކަމަށް ހުރަސްއަޅާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ދެކޮޅަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުގެފަ އެވެ.

ކުރީ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށާއި އެމަނިކުފާނުގެ އެންމެ ބޮޑު މަޝްރޫއު ރަސްމާލެ ވެގެންދާނީ މި މައްސަލާގައި ފުރިހަމަ ހައްލަކަށް ކަމަށްވެސް ރައީސް ރޭ ވިދާޅުވި އެވެ. ނަމަވެސް އަށް މަސްދުވަހުން ހިއްކާ ނިންމާނެ ކަމަށް ވިދާޅުވި ރަސްމާލޭގެ މަޝްރޫއު މިހާރު އޮތީ މަޑުޖެހިފަ އެވެ.