Advertisement

ޑިމޮކްރެޓްސްގެ ދެ ކެންޑިޑޭޓަކަށް ކުރި ތާއީދު އެ ޕާޓީން އަނބުރާ ގެންގޮސްފި

16 އޭޕްރީލް 2024 - 09:08 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޑިމޮކްރެޓްސްގެ ދެ ކެންޑިޑޭޓަކަށް ކުރި ތާއީދު އެ ޕާޓީން އަނބުރާ ގެންގޮސްފި

16 އޭޕްރީލް 2024 - 09:08 1

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ކުރިމަތިލި ދެ ކެންޑިޑޭޓަކަށް ކުރި ތާއީދު އެ ޕާޓީން އަނބުރާ ގެންގޮސްފި އެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް "އަދަދު" އަށް ވިދާޅުވީ އެ ޕާޓީގެ ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ވާދަކުރާ ލީލާ އިބްރާހިމް މަނިކުއާއި ތިމަރަފުށީ ދާއިރާއަށް ވާދަކުރާ ފާތިމަތު ޒިލްމާއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

މި ދެ ކެންޑިޑޭޓުންނަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައި ވަނީ އެ ދެ ކެންޑިޑޭޓުން ވެސް ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރުމުން ކަމަށް ހަސަން ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން ފިޔަވަޅު އެޅުމުގެ ޕްރޮސެސް އަޅުގަނޑުމެން ގެންދަން ޖެހޭނީ ކުރިއަށް. ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރިއަށް ގެންދަން ޖެހޭނެ ކަމަކީ އިންތިހާބާ ދޭތެރޭ މިއޮތް ފަސް ދުވަހުގައި ޕަބްލިކަށް އަންގައިދޭން ޖެހޭ އަޅުގަނޑުމެން ޕާޓީން ދީފައި އޮތް ތާއީދު އަނބުރާ ގެނެސްފިކަން" ހަސަން ވިދާޅޫވި އެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި އައްޑޫ ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި އެ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ރަޝީދު ނަން އަނބުރާ ގެންދެވި އެވެ. އޭނާ ފަހުން ވިދާޅުވީ ނަން އަނބުރާ ގެންދިޔައީ ރޯދަ މަހު އިންތިހާބު ބާއްވާތީ ކަމަށެވެ.

ފަހުން ރޯދަ މަހަށްފަހު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު، އޭނާ ވަނީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވެގެން ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަނެފައެއް ނުވެ އެވެ.

އެޕްރިލް، 21 ގައި އޮންނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.