Advertisement

ހުލާސާކޮށް އިއްޔެ:ލާމު މަޝްރޫއުތައް ދިން ކުންފުނި ބްލެކްލިސްޓުގައި

16 އޭޕްރީލް 2024 - 06:35 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ:ލާމު މަޝްރޫއުތައް ދިން ކުންފުނި ބްލެކްލިސްޓުގައި

16 އޭޕްރީލް 2024 - 06:35 1

ހައްދުންމައްޗަށް އިންގިލާބީ ތަރައްގީ ގެނައުމުގެ ނަމުގައި ސަރުކާރުން އެ އަތޮޅު ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށާއި ހިމާޔަތްކޮށްފައި އޮންނަ އެ އަތޮޅު ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ ހަފުތާ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑެތި މަޝްރޫއުތައް އިފުތިތާހު ކުރަމުންދާ ބީދައިން މިއަދާ ހަމައަށް ދެ މަޝްރޫއުގެ ވެސް މާބޮޑު ތަފުސީލެއް ނުދެ އެވެ. މެރިޓައިމް ހަބާ ގުޅޭ ގޮތުން ވީޑިއޯ ޕްރެޒެންޓޭޝަނެއް ދީ އެމްޕީއެލްގެ އޮފިޝަލަކު ކޮންމެވެސް މައުލޫމާތުތަކެއް ދިން ނަމަވެސް، އެ ޕްރެޒެންޓޭޝަން ނިންމާލީ އެއާޕޯޓުގެ ކުރެހުމެއްހާ ހިސާބު ވެސް ދައްކާ ނުލަ އެވެ.

ސަރުކާރުން މި ދެ މަޝްރޫއު ވެސް ހަވާލުކުރީ ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާ އެވެ.

މި ކުންފުންޏާ ބެހޭ ތަފުސީލުތަކެއް ސޮއިކުރި ރަސްމިއްޔާތުގެ ބޭއްވި ޖަލްސާގައި އާންމުނުކުރި ނަމަވެސް، އެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ، މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވި ގޮތުގައި މި ކުންފުންޏަކީ ގާބިލު، ބިޔަ އަދި ކަމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

"ޗައިނާގެ އެކްސްޗޭންޖުގައި ލިސްޓުކުރެވިފައިވާ ވަރަށް ފުޅާ ދާއިރާއެއްގަ ވިޔަފާރިކުރާ ކުންފުންޏެއް،" ސީއޭއެމްސީއީއާ ގުޅުވައި އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި ސަރުކާރުން މަޝްރޫއުތައް ހަވާލުކުރަމުންދާ ބައެއް ކުންފުނިތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން މީގެ ކުރިން ވެސް ހާމަވެފައިވާތީ، ސީއޭއެމްސީއީގެ ފަރުދާ ކަހާލިއިރު، ކަމަކު ދާކަށް ނެތެވެ.

މި ކުންފުނި އޮތީ ޗައިނާގެ އެކްސްޗޭންޖު ލިސްޓުގައި އެކަންޏެއް ނޫނެވެ. ބައިނަލްއަގުވާމީ ބޮޑެތި ބޭންކުތަކުން ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ބްލެކްލިސްޓުގައި ވެސް މި ކުންފުނި އެބައޮތެވެ. އެވަރަކުން ނިމުނީއެއް ނޫނެވެ. އޭޝިއާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުގައި މި ކުންފުންޏާ ގުޅޭ އެތައް މައްސަލައެއް ބައިނަލްއަގުވާމީ ނޫސްތަކުގެ ފަލަ ސުރުހީތަކުން ފެންނާން އެބަހުއްޓެވެ.

މުހިއްމު ބައެއް ހަބަރު