Advertisement

އެންޑިކާގެ ހާލު ރަނގަޅު، ހާޓް އެޓޭކެއް ނުޖެހޭ

15 އޭޕްރީލް 2024 - 16:49 0


އެންޑިކާގެ ހާލު ރަނގަޅު، ހާޓް އެޓޭކެއް ނުޖެހޭ

15 އޭޕްރީލް 2024 - 16:49 0

ރޯމް (15 އޭޕްރީލް) - އިޓާލިއަން ލީގުގައި ރޭ އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑު މައްޗަށް ވެއްޓި، އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދަންޖެހުނު އޭއެސް ރޯމާގެ ޑިފެންޑަރު އެވާން އެންޑިކާ އަށް ހާޓް އެޓޭކެއް ނުޖެހޭ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް އެ ކްލަބުން ބުނެފި އެވެ.

އިޓާލިއަން ލީގުގައި ރޭ އުދިނޭޒީ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ ހާފުގައި އެންޑިކާ ،24، ދަނޑު މައްޗަށް ވެއްޓުނީ މެޔަށް އެރި ތަދަކާ ގުޅިގެންނެވެ. އަދި ދަނޑު މަތީގައި ފަރުވާ ދިނުމަށްފަހު، އޭނާ ވަނީ ސްޓްރެޗަރުގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން މެޗުގެ ކުޅުން ވަނީ މެދުކަނޑާލައިފަ އެވެ. އޭރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެެފަ އެވެ.


އިޓަލީގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓްތަކުން އެންޑިކާ އަށް ހާޓް އެޓޭކެއް ނުޖެހޭކަން ކަށަވަރުވެފައިވާ ކަމަށެވެ. އެކަމަކު އޮބްޒަވޭޝަންގައި އޭނާ ހޮސްޕިޓަލްގައި ބާއްވާނެ ކަމަށެވެ.

ރޯމާ އިން ބުނީ އެންޑިކާގެ ބައްދަލުކުރަން ޓީމުގެ ކުޅުންތެރިން ހޮސްޕިޓަލަށް ޒިޔާރަތްކުރި ކަމަށާއި އެންޑިކާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

އެންޑިކާ އަކީ ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓް އިން މިދިޔަ އަހަރު ރޯމާ އަށް ބަދަލުވި ޑިފެންޑަރެކެވެ. އެންޑިކާ އަކީ އައިވަރީ ކޯސްޓްގެ ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ.