Advertisement

ޔާމީން ވިދާޅުވަނީ ޕީއެންއެފް މެންބަރުން ގަޔަށް ޕެޕާ ސްޕްރޭ ޖެހި މުއިއްޒު ސަރުކާރު އޮތީ އައިސީޔޫގައި ކަމަށް!

15 އޭޕްރީލް 2024 - 11:43 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ެރަައީސް ޑރ.މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި. ފޮޓޯ: ރައީސް އޮފީސް


ޔާމީން ވިދާޅުވަނީ ޕީއެންއެފް މެންބަރުން ގަޔަށް ޕެޕާ ސްޕްރޭ ޖެހި މުއިއްޒު ސަރުކާރު އޮތީ އައިސީޔޫގައި ކަމަށް!

15 އޭޕްރީލް 2024 - 11:43 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ހުރަސް އަޅަން މަސައްކަތް ކުރުމުން ސިޔާސީ ގޮތުން ގެއްލުންވީ ސަރުކާރަށް ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި އާދައިގެ މަތިން އޯޑިއަންސްގައި އިންނަވައިގެން، ސުވާލުކުރައްވަމުން ޔާމީން ވިދާޅުވީ ޕާޓީ އުފެއްދުމުގެ ޖަލްސާއަށް ހުރަސް އަޅަން ސަރުކާރުން ކުރި މަސައްކަތުން އެމަނިކުފާނަށް ދެތިން ފިލާވަޅެއް ނެންގެވުނު ކަމަށެވެ. އޭގެ އެއް ފިލާވަޅަކީ އެކަން ސަރުކާރަށް ބޮޑުކަމަކަށްވެ، "ތެޅިފޮޅުން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕީއެންއެފް އަކީ މަގުމަތީގައި އުފެއްދި ޕާޓީއެއް ކަމަށާއި އެހާލު ޖެއްސީ "އިއްޔެއާ ޖެހެންދެން އެއްބަފާ' ގުޅުން އޮތް ބަޔަކު ވެރިކަމުގައި ތިއްބާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑަށް މިއިން ނެގުނު ބައެއް ފިލާވަޅުތައް އަޅުގަނޑު ދަންނަވައިލާނަން. އަަޅުގަނޑުމެން ގަޔަށް ޕެޕަސްޕްރޭ ޖެހީ، އެކަމަކު އައިސީޔޫގައި އޮތީ ސަރުކާރު. އަޅުގަނޑުމެނެއް ނޫން، ސަރުކާރު އައިސީޔޫގައި އޮތީ، ސަރުކާރު ތެޅިފޮޅުނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު އަންދާޒާކުރެއްވި ގޮތުގައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވި ރޭ، އެޕާޓީގެ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރި ގޮތް މީޑިއާގެ އެކިއެކި ވަސީލަތްތަކުގެ ޒަރިއްޔާއިން، 60،000 އަށް ވުރެ ގިނަ މީހުން ބެލި އެވެ. ހަމަ އެރޭ ރައީސް މުއިއްޒު ބޭއްވި ޖަލްސާ ބެލީ ޔާމީނުގެ އަންދާޒާގައި އެންމެ ފަންސަވީހަކަށް މީހުންނެވެ.

"މުއިއްޒު މި ބާއްވާ ޖަލްސާ ބަލަން ތިބެނީ ފަންސަވީސް މީހުން، ހަތާވީސް މީހުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީނު ސިފަކުރެއްވި ގޮތުގައި ފުލުހުން އެރޭ ހިންގި އޮޕަރޭޝަން ވީ ޕީއެންއެފްގެ ބޮޑު ޕްރޮމޯޝަނަކަށެވެ. އެއީ ސަރުކާރަށް ސިޔާސީ ގޮތުން ކަންތައްތައް ކުރަން ނޭނގޭތީ ވީ ގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕާޓީ ވުޖޫދަށް ނައިސް އުޅެނިކޮށް އަޅުގަނޑުމެންނަށް އެ ދެއްވީ ނުުލާހިކު ބޮޑު ޕްލެޓްފޯމެއް،" ޔާމީން ވިދާޅުވި އެވެ.

ފުލުހުން އެރޭ ހިންގި އޮޕަރޭޝަނަކީ ރައީސް މުއިއްޒަށް އެނގިވަޑައިނުގެން ހިނގި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވާތީ ޔާމީނު އެކަމަށް ވެސް ފާޑުވިދާޅުވި އެވެ.