Advertisement

ޔާމީންގެ ތުހުމަތު: އެންޓި ޑިފެކްޝަން ގާނޫނު ރައީސް މުއިއްޒު ތަސްދީގު ނުކުރައްވަނީ މެންބަރުން ގަންނަން

15 އޭޕްރީލް 2024 - 11:18 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލޭ ބަންދަށް ބަދަލުކުރި ދުވަހު، އޭރުގެ އިންތިހާބީ ރައީސް މުއިއްޒު ޔާމީންއާއެކު. -- ފޮޓޯ: އަދަދު


ޔާމީންގެ ތުހުމަތު: އެންޓި ޑިފެކްޝަން ގާނޫނު ރައީސް މުއިއްޒު ތަސްދީގު ނުކުރައްވަނީ މެންބަރުން ގަންނަން

15 އޭޕްރީލް 2024 - 11:18 0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވެ ތަމްސީލު ކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަށް، ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވަނީ މެންބަރުން ގަންނަން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ތުހުމަތު ކުރައްވައިފި އެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ މިފަހުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 13 މެންބަރުން ބަދަލުވީ ފައިސާގެ މުއާމަލާތެއްގެ ދަށުން ކަމަށް ވިދާޅުވެފަ އެވެ.

"ހަމަ ކުންފުނި ކުންފުނިން އެކި މީހުންނަށް ޕްރޮޖެކްޓު ދީފައި އެއިން ނަގާ ލާރީގައި މެންބަރުން ގަންނަވީ ނޫންތޯ. އެހެންވީމާ ކީއްކުރަންތޯ ސަރުކާރަށް އެވަރުން މެންބަރުން ދޭންވީ. ހަމަ މެންބަރުން ގަނެފައި އެ މީހުންނަށް ޕްރޮޖެކްޓު ދީގެން އެ މީހުން ގެންގުޅެންވީ ނޫންތޯ," ޔާމީން ވިދާޅުވި އެވެ.

މިވަގުތު ހުންނެވި ބަންޑާރަ ނައިބު އަހްމަދު އުޝާމް އެ ބިލު ތަސްދީގު ނުކުރުމަށް ގާނޫނީ ލަފާ ނުދެއްވާނެކަން ޔަގީން ކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ގާނޫނު އަސާސީގައި އޮންނަނީ ބިލެއް ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ތަސްދީގު ކުރުމާ މެދު ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވަން ޖެހޭނެ ކަމަށެވެ.

"އެއީ އެ ބޭފުޅުންގެ ޕްރެކްޓިސްއިން ސުންނަތް ގާއިމުކޮށްފައި އޮތް ކަމެކޭ. އެކަން ދެންވެސް ކުރެވޭނެ. އެކަން ކުރުމަކީ ގޯހެއްތޯ. އެހެންވީމާ ނޫންތޯ އެންޓި ޑިފެކްޝަން ގާނޫނު އަދިވެސް ގާނޫނީ ކޮން ދިރާސާއެއް ކުރާތީތޯ ތަސްދީގު ނުކުރައްވައި އެ އުޅުއްވަނީ," ޔާމީން ތުހުމަތު ކުރެއްވި އެވެ.

މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 33 މެންބަރުން މި ބިލު ފާސްކުރަން ވޯޓު ދެއްވި އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަ މެންބަރެކެވެ.

"ލަސްކުރިޔަސް, މިހާރު ނުކުރިޔަސް 30 ދުވަސް. ރައީސްގެ ޓައިމް އިޒް މާކްޑް. 30 ދުވަސް އެ ހިސާބުން އޮޓަމެޓިކަލީ ގާނޫނަކަށް ވީ ނޫންތޯ," ޔާމީން ވިދާޅުވި އެވެ.

ޖުމުލަ 10 މާއްދާއްގެ މައްޗަށް އެކުލެވޭ އެ ބިލުގައިވާ ގޮތުން ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެންބަރަކު އަމިއްލަ އަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުމުން މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެ އެވެ.