Advertisement

އައްޑޫ ހުޅުދޫ އާއި މީދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

13 އޭޕްރީލް 2024 - 19:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސ. ހުޅުދޫ އަދި ސ. މީދޫގައި ބިން ހިއްކުމުގެ މަސައްކަތް ފެށުން


އައްޑޫ ހުޅުދޫ އާއި މީދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

13 އޭޕްރީލް 2024 - 19:28 0

އައްޑޫ ހުޅުދޫ އަދި މީދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުދޫ އަދި މީދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މަޝްރޫއަށް 180 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުދޫގައި 11.7 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި މީދޫގެ ދެ ރަށުގައި 20.6 ހެކްޓަރުގެ ބިން ހިއްކުމާއެކު ގޮނޑުދޮށް ހިމާޔަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމަޝްރޫއުގެ ދަށުން ފަސް ހެކްޓަރުގެ އިތުރު ދެ ރަށް ވެސް މަޝްރޫއުގެ ދަށުން ހިއްކައި، ގޮނޑުދޮށް ހިމާޔަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.