Advertisement

މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒުއަށް ނޫނެކޭ ބުނަން ޖެހޭ: ޖަމީލް

10 އޭޕްރީލް 2024 - 19:53 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒުއަށް ނޫނެކޭ ބުނަން ޖެހޭ: ޖަމީލް

10 އޭޕްރީލް 2024 - 19:53 2

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށް ޕީއެންއެފްގެ ވަގުތީ ސެނެޓް މެމްބަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ނުކުމެ ރައީސް މުއިއްޒުއަށް ނޫނެކޭ ބުނެ، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އޭނާ އިލްތިމާސް ކުރާ ކަމަށެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ކުރަމުންދާ އަނިޔާ މިހާރު ފެންނަމުންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެ އަނިޔާ ވިސްނާލެވޭ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"މި އެނގިގެންދަނީ މުއިއްޒުގެ ހަގީގަތް، މުއިއްޒުއަކީ ޑިމޮކްރަސީއަށް ހުރި ބިރެއްކަން. ރައްޔިތުންގެ މަޖިލީހާއި ތިން ބާރަށް އިހުތިރާމު ކުރުމެއް މިއަދަކު ނެތް. އަޅުގަނޑުމެންނަށް، ރައީސް ޔާމީނަށް އަދި އަޅުގަނޑުމެންގެ ބަސް އަހާ ޑިމޮކްރަސީއަށް ލޯބިކުރާ އެންމެންނަށް ދަންނަވާލަން އޮތީ މުއިއްޒުއަށް ނޫނެކޭ ބުނުމަށް،" ޖަމީލް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ގެންދަވަނީ ޔާމީނުގެ ޝަރީއަތަށް ހުރަސް އަޅަމުންކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ ޔާމީނުގެ ސިޔާސީ މަސައްކަތަށް ވެސް ހުރަސް އަޅަނީ އެބޭފުޅުން ބިރު ގަންނަ ކަމަށެވެ.

ޔާމީން ޖަލުގައި ބާއްވަން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށާއި، ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައިގެން ޔާމީން ޖަލުގައި ބާއްވަން ވެސް މަސައްކަތް ކުރި ކަމަށް ޖަމީލް ތުހުމަތު ކުރެއްވި އެވެ.

ޕީއެންއެފް އުފެއްދުމަށް ގިޔާސުއްދީން ސްކޫލުގައި ރޭ ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ވަނީ ހުރަސްއަޅައިފަ އެވެ. އެ ޖަލްސާ ފަހުން ބޭއްވީ ރާޅުގަނޑު ސަރަހައްދުގަ އެވެ. ނަމަވެސް ރައީސް ވިދާޅުވީ އެއީ ފުލުހުން އެތަނަށް ދިޔައީ އެމަނިކުފާނުގެ އަންގަވާފައިވާ ގޮތާ ހިލާފަށް ކަމަށެވެ. އެހެންވެ އެކަމުގެ ތަހުގީގެއް ހިންގުމަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.