Advertisement

ރައީސް ހެއްދެވީ ބުހުތާން ދޮގު، އުޅުއްވަނީ ޑެމޭޖް ކޮންޓްރޯލް ކުރަން: ޑރ. ޖަމީލް

10 އޭޕްރީލް 2024 - 14:37 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޑރ. ޖަމީލް (ވ) އަދި ރައީސް މުއިއްޒު (މ) -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރައީސް ހެއްދެވީ ބުހުތާން ދޮގު، އުޅުއްވަނީ ޑެމޭޖް ކޮންޓްރޯލް ކުރަން: ޑރ. ޖަމީލް

10 އޭޕްރީލް 2024 - 14:37 1

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ރަޖިސްޓްރީ ކުރުމަށް ސަރުކާރުން ހުރަސް އެޅުމަށްފަހު އެކަން ދިފާއު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ބުހުތާނު ދޮގުތަކެއް ހައްދަވަމުން ކަމަށް ޕީއެންއެފްގެ ވަގުތީ ސެނެޓް މެމްބަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުން ޖަލްސާއަށް ހުރަސްއެޅީ އެމަނިކުފާނުގެެ އަމުރާ ކަނޑައެޅިގެން ހިލާފަށް ކަމަށް ރައީސް ވިދާޅުވުމުން، ޖަމީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑައެޅިގެން ޑެމޭޖް ކޮންޓްރޯލް ކުރެވޭތޯ ރައީސް މުއިއްޒު ބުހުތާނު ދޮގުތަކެއް ހައްދަވަމުންދާ ކަމަށާއި ސަރުކާރުން ކަންތައް ކުރީ ދުރާލާ ރާވައިގެން ކަމަށެވެ.

ޖަމީލް ތުހުމަތު ކުރާ ގޮތުގައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ހުއްޓުވަން ސަރުކާރުން ކުރި ކަންތައްތައް:

  1. ސްޓެލްކޯއިން ޖަލްސާއަށް ކަރަންޓު ނުދިނުން
  2. އެޑިއުކޭޝަނުން ގިޔާސުއްދީން ސްކޫލަށް ބިރު ދައްކައި އިންޒާރު ދިނުން އަދި އެކަންތައް މުޅިދުވަހު ތަކުރާރު ކުރަމުން ދިޔުން.
  3. އިލެކްޝަންސް އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ފުލުހުން އިއްޔެއިން ފެށިގެން ޕީއެންއެފްއަށް ތަކުރާރުކޮށް ބިރުދެއްކުން
  4. ކޭޓަރިން ހެދި ފަރާތް ހޯދައި ކެންސަލް ކުރެވޭތޯ މަސައްކަތް ކުރުން
  5. ފުލުހުން ގިޔާސުއްދީނަށް ވަންނަން ގާނޫނީ ހުއްޖަތެއް ނެތް އިރު، ސާފުކޮށް ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެއްވުން ހުއްޓުވަން އަންގާފައި އޮތުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ޕީއެންއެފް އުފެއްދުމުގެ ޖަލްސާއާ ގުޅިގެން ރައީސް މުއިއްޒު ވާހަކަ ދައްކަވަން މަޖްބޫރުވީ ރައްޔިތުން އަދި މުޅި ރާއްޖޭގެ ސިޔާސީ ވެރިންގެ ނުރުހުން އޮތް މިންވަރު ފެނިގެން ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ރައީސް ޔާމީނުގެ ސަޕޯޓަރުންނަށް އޮޅުވާލެވޭތޯ ބަލަން ތި ދައްކާ ވާހަކަ ޕީއެންއެފްގެ އެއްވެސް މެމްބަރަކު ގަބޫލެއް ނުކުރާނެ. މަނިކުފާނު މަލަކަލް މައުތަށްވެސް ދޮގުހަދަންކަމަށްތޯ ރާވައިގެން ތިހުންނެވީ؟،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުގެ ވާހަކަތަކަށް ކިރިޔާވެސް ބުރަދަނެއް ލިބޭނީ އެންމެ ކުޑަމިނުން ހޯމް މިނިސްޓަރު އަލީ އިހްސާން އާއި އެޑިއުކޭޝަނުން ޑރ. އިސްމާއީލް ޝަފީއު މަގާމުން ވަކިކުރުމުން ކަމަށެވެ.

ޔާމީނަށް އެނގިފައިވަނީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ދަނީ މަޖްލިސް އިންތިހާބުގެ ކުރިން ޔާމީނުގެ މިނިވަން ނުކުރެވޭތޯ ކަމަށާއި، އަދި ޕާޓީ ވެސް ނުއުފެއްދޭތޯ ކަމަށް ޖަމީލް ވިދާޅުވި އެވެ.