Advertisement

ރޯދަ މަހު އިތުރުވި އީމާންކަން ދެމެހެއްޓުމަށް އީދު ހުތުބާގައި ގޮވާލައިފި

10 އޭޕްރީލް 2024 - 07:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އީދު ހުތުބާ ވިދާޅުވަނީ. -- ފޮޓޯ: އިޔާދު/ އަދަދު


ރޯދަ މަހު އިތުރުވި އީމާންކަން ދެމެހެއްޓުމަށް އީދު ހުތުބާގައި ގޮވާލައިފި

10 އޭޕްރީލް 2024 - 07:45 0

ނިމިގެން ދިޔަ ރޯދަ މަހުގެ އަޅުކަމާއެކު އިތުރުވި އީމާންކަން ދަމަހައްޓަން މަސައްކަތް ކުރުމަށް މިއަދު ފާހަގަކުރާ ފިތުރު އީދުގެ ހުތުބާގައި ގޮވާލައިފި އެވެ.

ރޯދަ މަހުން ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް އަޒުމު ކަނޑައެޅުމަށާއި މަސް ދުވަހުގެ އެ ތަމްރީނަށް ފަހު ރޯދައިގެ ތަރުބަވީ މަދަރުސާއިން ނުކުންނައިރު އީމާންކަން އިތުރުވެފައިވާނެ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

އެގޮތުން ހެޔޮ ކަންކަން ކުރުމަށް ނަފްސު އާދަވެ، އެކަން މިހާރު ފަސޭހަވެފައިވާނެ އެވެ. އެހެންކަމުން އީމާންކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ގޮވައިލި އެވެ.

"ގިނަގިނައިން ސުންނަތް ނަމާދުކުރާ ބަޔަކަށްވެ، ފަތިސް ނަމާދުގެ އިހު ސުންނަތާއި، ޟުހާ ނަމާދާއި ރަވާތިބު ސުންނަތްތަކާއި ވިތުރި އާއި ދަމު ނަމާދު ވީހާ ގިނައިން ކުރެވޭތޯ މަސައްކަތްކޮށް، ހޯމަ/ބުރާސްފަތީ ރޯދަ އާއި މެދުފޮއި ރޯދަ އާއި އާޝޫރާ ދުވަހާއި އަރަފާތު ދުވަހު ރޯދަ ހިފުމަށް ފަރުވާތެރިވެ އަދި ހާއްސަކޮށް ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަށް ސަމާލުކަން ދީ،" ހުތުބާގައިވެ އެވެ.

ފިތުރު ޒަކާތަށް ރައްކާތެރިވީ ފަދައިން، މުދަލުގެ ޒަކާތަށް ވެސް ރައްކާތެރިވެ، މާތް ﷲ ފަރުޟު ކުރެއްވި ޒަކާތުގެ އިތުރުން ގިނަގިނައިން ސަދާގާތް ދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.


ހުތުބާގައި ބުނީ ރޯދައިގެ ސަބަބުން ނަފުސު ތާހިރުވާނީ އެ އީމާންކަންމަތީ މާތް ﷲ ގެ މިންވަރުފުޅާއެކު، ޖެހިގެން އަންނަ އަހަރުގެ ރޯދަ މަހާ ބައްދަލުވުމަށް އުއްމީދު ކުރުން ކަމަށެވެ.

ފިތުރު އީދުގެ އުފާވެރި ދުވަހުގައި މުސްލިމުން އުފާ ފާޅުކުރުމަކީ އެދެވިގެންވާ ކަމެއް ނަމަވެސް، ހައްދު ފަހަނައަޅައި ދިޔުމެއް ނެތި އެކަން ކުރުމަށް ހުތުބާގައި ވަނީ އެދިފަ އެވެ. އަދި މިއީ އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން ވެސް ހަނދާންކޮށް ދިނެވެ.

"ބައެއްގެ އިޖުތިމާއީ ފޭރާން ވަރުގަދަވުމަކީ، އެ މުޖުތަމައުއަކަށް، ފާގަތިކަމާއި އަމަން އަމާންކަން ގެނުވާނެ ކަމެއް. ބައެއްގެ ތެރޭގައި ރިވެތި އަހުލާގު ފެތުރިއްޖެނަމަ، އެބަެއްގެ މެދުގައި އެއްބައިވަންތަކަން އާލާވާނެ. ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޒަމާނުއްސުރެ އަހަރުމެން ތެރޭގައި އޮތް، އިސްލާމީ އުހުވަތްތެރިކަމާއި، ރިވެތި އަހުލާގު ވީރާނާވިޔަ ނުދީ،" ހުތުބާގައި ގޮވައިލި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާން އާކޮށް، އެމީހުން އުޅޭ ދަތި ހާލުގެ މައްޗަށް ވެސް ހުތުބާގައި އަލި އަޅުވާލާފައިވެ އެވެެ. އެމީހުންގެ އީމާންތެރިކަމުން އަހަރުމެން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް ވެސް ހުތުބާގައި ފާހަގަ ކުރި އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ތަން ދިން މިންވަރަކުން އެހީގެ އަތް ދިއްކޮށް، އެ ރައްޔިތުންނަށް ނަސްރު ދިނުމަށް އެދި ވަނީ ހުތުބާގައި ދުއާކޮށްފަ އެވެ.