Advertisement

ކުޅުދުއްފުށިން ކަރަންޓު ކެނޑޭތީ މުޒާހަރާކުރަނީ

8 އޭޕްރީލް 2024 - 23:13 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުޅުދުއްފުށީގައި ކަރަންޓު ކެނޑޭތީ މުޒާހަރާ ކުރުން -- ފޮޓޯ: ކުޅުދުއްފުށި އޮންލައިން


ކުޅުދުއްފުށިން ކަރަންޓު ކެނޑޭތީ މުޒާހަރާކުރަނީ

8 އޭޕްރީލް 2024 - 23:13 0

ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓު ކެނޑޭތީ އެ ރަށުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީގައި މުޒާހަރާ ކުރަމުންދާ މީހުން މިހާރު ތިބީ އިންޖީނުގެ ކުރިމަތީގަ އެވެ. އެތަނުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ ދިމާވަމުން އަންނަތާ ދެ ހަފުތާ ވެފައިވާއިރު، އެ ރަށުގައި މުޒާހަރާ ކުރަން ފަށާފައި ވަނީ ކަރަންޓު ކެނޑުމަށް އެދެވޭ ހައްލެއް ނުލިބޭތީ އެވެ.

ކުޅުދުއްފުށީގައި ކަރަންޓު ކެނޑިގެން މުޒާހަރާކުރުން -- ފޮޓޯ: ކުޅުދުއްފުށި އޮންލައިން


ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާން ފެށީ ޖެނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން، ބޭނުން ކުރަމުންދާ ޖެނެރޭޓަރުތަކަށް ލޯޑު ބޮޑުވުމާ ގުޅިގެންނެވެ.

އެގޮތުން އެ ރަށުގައި ކޮންމެ ދުވަހަކު ވެސް އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދެ އެވެ. އަދި އެކަމަށް ކޮންމެ ދުވަހަކު ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކައިން ޝެޑިއުލްއެއް ވެސް ނެރެ އެވެ.

މިކަމުގައި ރައްޔިތުން އުފުލަމުންދާ ލުޔެއް ދިނުމުގެ މަގުސަދުގައި ފެނަކައިން ވަނީ މި މަހުގެ ކަރަންޓު ބިލުން ކުޅުދުއްފުށީގެ ހުރިހާ ގޭބިސީއެއްގެ ކަރަންޓު ބިލުން 50 ޕަސެންޓު ޑިސްކައުންޓެއް ދޭން ނިންމާފަ އެވެ.