Advertisement

މައްސަލަތައް ހުއްޓަސް މޭޔަރު އެދެނީ އީދުގެ އުފަލުގައި އެންމެން ބައިވެރިވާން

8 އޭޕްރީލް 2024 - 15:22 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ: ކައުންސިލް


މައްސަލަތައް ހުއްޓަސް މޭޔަރު އެދެނީ އީދުގެ އުފަލުގައި އެންމެން ބައިވެރިވާން

8 އޭޕްރީލް 2024 - 15:22 0

މުޖުތަމައުގައި ގިނަ މައްސަލަތަކެއް ހުރި ނަމަވެސް، އީދުގެ އުފަލުގައި އެކުވެރިކަމާއެކު ބައިވެރިވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފި އެވެ.

އީދު ދުވަހު މާލޭގައި ކުރިއަށް ގެންދާ ބައެއް ހަރަކާތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، އީދަކީ އެންމެން އެއްވެ އެކުވެރިކަމާއެކީ އުފާ ފާޅުކުރަން އޮންނަ ދުވަހެއް ކަމަށެވެ.

މުޖުތަމައުގައި ހުރި މައްސަލަތައް ވެސް ނައްތާލެވޭނީ އެކުވެރިކަން އާލާކޮށްގެން ކަން އޭނާ ފާހަގަކުރެއްވި އެވެ. އެފަދަ މައްސަލަތަކުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ބުލީ ކަހަލަ އަނިޔާވެރިކަންކަން، ގޭންގް މާރާމާރީ ކަހަލަ. މިކަހަލަ ކަންކަން ހިނގާ އިރު ބަލަން ތިބެގެން ނުވާނެ. ބަލަންވީ އަދަބު ދިނުމުގެ ބަދަލުގަ އެކުދިން ރިހެބިލިޓޭޓެ ކޮށްގެން މުޖުތަމައުއަށް ނެރެ، ފައިދާހުރި ބަޔަކަށް ހެދޭތޯ. އެ ކަންތައްތައް ކުރެވޭނީ ސަރުކާރާ ކައުންސިލުތަކާ ޖަމިއްޔާތައް ގުޅިގެން،" މާލެ ސިޓީގެ މޭޔަރު އާޒިމް ފާހަގަކުރެއްވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ފްލެޓު އިމާރާތްތަކުގައި ކުށްތައް އާންމުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. ޑްރަގް ބޭނުންކުރުމާއި އެފަދަ މުއާމަލާތްތައް އެ ތަންތާގައި ހިނގާއިރު، ޖަމިއްޔާތަކާއި އާއިލާތަށް އެކުގައި މަސައްކަތްކޮށް، ސިވިލް ސޮސައިޓީ ވަރުގަދަކޮށްގެން އެފަދަ ކަންކަން ރަނގަޅުކުރެވޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން ކުރިއަށްގެންދާ އީދު ހަރަކާތްތައް

  • ހެނދުނު 7:30 - އީދު ސައި އަދި ޑަބްލިއުޑީސީއިން ކުޑަކުދިންނަށް އީދު ހަދިޔާ ބެހުން (އެކުވެނި ޓްރެކްގައި)
  • ހެނދުނު 9:30 - ފެންކުޅި (ރަސްފަންނުގައި)
  • ހަވީރު 4:00 - ބޮޑުމަސް މާލި ޕެރޭޑު (އޮލިމްޕަހުން އާޓިފިޝަލް ބީޗަށް)
  • ހަވީރު 4:00 - 6:00 އަށް - ސަގާފީ ހިންގުމާއި ކުޅިވަރު (މާފަންނުގައި)
  • ރޭގަނޑު 8:30 - ސްޓޭޖް ޝޯ (އާޓިފިޝަލް ބީޗުގައި)
  • ރޭގަނޑު 10:30 - ހަވާއެރުވުން (އާޓިފިޝަލް ބީޗުގައި)

އީދު ހަރަކާތްތައް އިންތިޒާމުކުރުމުގައި ސިޓީ ކައުންސިލާއެކު މަސައްކަތް ކުރަނީ، ލޯކަލް ގަވަމަންޓް މިނިސްޓްރީގެ އިތުރުން 14 އެންޓަޓައިންމެންޓް، ސިޓީ ކަންމަތި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޖަމިއްޔާ އެވެ.