Advertisement

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމައިފި

8 އޭޕްރީލް 2024 - 13:44 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް ޔާމީނު އަދި ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާއ މަލީހު އަދި ޑރ. ޖަމީލު : އެ ޕާޓީ އުފެއްދުމުގެ ޖަލްސާ މާދަމާ ރޭ އޮންނާނެ - ފޮޓޯ: އަދަދު


ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމައިފި

8 އޭޕްރީލް 2024 - 13:44 0

ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ އުފައްދަވާ އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް ބާއްވާ މާދަމާ ރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން އެ ޕާޓީން ފުރަތަމަ އިއުލާނުކުރީ މިއަދު އެވެ. ނަމަވެސް ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާތައް ބޭއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ދޭން ޖެހޭ ތިން ދުވަހުގެ ނޯޓިސް މިރެއަށް ހަމަ ނުވާކަން އީސީއިން އެންގުމުން އެ ޕާޓީން ވަނީ ޖަލްސާ ލަސްކުރަން ނިންމާފަ އެވެ.

ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޕާޓީ އުފެއްދުމުގެ ޖަލްސާ މިހާރު އޮންނާނީ އެޕްރީލް 9، 2024 ގެ ރޭ 9:15 ގައި ޣިޔާސުއްދީން ސްކޫލުގައި ކަމަށެވެ.

އަދި އެ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އޭނާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކޮރަޕްޝަން އަދި ރިޝްވަތު ދިނުމުގެ ކުށެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ. ނަމަވެސް ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދަ އޮވެ އެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ޔާމީނަށް ދީފައެއް ނުވެ އެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ އެ އިދާރާގެ އުސޫލުތަކުން އެކަމަށް ޖާގަ ނުދިނުމެވެ.

ކަރެކްޝަނުން ޖަވާބެއް ދީފައިވީ ނަމަވެސް އެ ޖަވާބަށް އެބޭފުޅުން ނުބަލާނެ ކަމަށާއި ޕާޓީ އުފައްދާ ޖަލްސާގައި ޔާމީނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީއެންއެފުން މީގެކުރިން ބުނެފައިވެ އެވެ.