Advertisement

އިޒްރޭލުގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަނީ

7 އޭޕްރީލް 2024 - 07:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޒްރޭލުގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: އޭޕީ


އިޒްރޭލުގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަނީ

7 އޭޕްރީލް 2024 - 07:41 0

އިޒްރޭލުގައި އެތައް ހާސް ބަޔަކު ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށައިފި އެވެ.

އިޒްރޭލުގެ ނޫސްތަކުން ބުނީ، ތެލްއަވިވް ހިމެނޭ ގޮތަށް އެ ގައުމުގެ 50 ސަރަހައްދެއްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުން އަންނަ ކަމަށާއި، މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ހަމާސްގެ އަތްދަށުގައިވާ އިޒްރޭލު މީހުން މިނިވަންކުރުމުގެ އެއްބަސްވުން ގަބޫލުކޮށް، އަވަސް އިންތިހާބެއް ބޭއްވުމަށް ކަމަށް އިޒްރޭލުގެ ނޫސްތަކުން ބުނެ އެވެ.

މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، ގިނަ ބަޔަކު ވެސް ވަނީ މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފަ އެވެ.

އޮކްޓޫބަރު 7، ގައި އިޒްރޭލުން ގާޒާއަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ނަފްރަތު ގައުމު ތެރޭގައި ވަނީ އުފެދިފަ އެވެ. އެގޮތުން ސަރުކާރާ ދެކޮޅަށް ބާއްވާ މުޒާހަރާތައް ދަނީ އިތުރުވަމުންނެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 33،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަ ކުދިންނާއި އަންހެނުންނެވެ.