Advertisement

ގޯތި ދިން ތަނަކުން ދޫކުރާނެ ކަމަށް ބުނެފައި އޮއްވާ ގިރާވަރުފަޅުން ދިން 1300 އަށްވުރެ ގިނަ ގޯތި ގުޅީފަޅަށް

6 އޭޕްރީލް 2024 - 20:00 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ގޯތި ދިން ތަނަކުން ދޫކުރާނެ ކަމަށް ބުނެފައި އޮއްވާ ގިރާވަރުފަޅުން ދިން 1300 އަށްވުރެ ގިނަ ގޯތި ގުޅީފަޅަށް

6 އޭޕްރީލް 2024 - 20:00 2

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ދަށުން ދިން ގޯތިތައް ގޯތި ލިބުނު ރަށަކުން ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި އޮއްވައި، ގިރާވަރުފަޅުން ދޫކުރި 1300 އަށް ވުރެ ގިނަ ގޯތި ގުޅީފަޅަށް ބަދަލު ކުރަން ހައުސިން މިނިސްޓްްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރާނީ 1347 ގޯތި ކަމަށެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަަފޫޓުގެ 487 ގޯއްޗާއި 2450 އަކަފޫޓުގެ ހަތަރު ގޯތި ކަމަށެވެ.

ގޯތިތައް ބަދަލު ކުރާ ސަބަބެއް ކަމަށް ސަރުކާރުން ބުނީ ގިރާވަަރުފަޅުގައި ޖާގަ ނެތުމެވެ.

"ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށްވާތީ މި ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށް،" ހައުސިންގެ އިއުލާނުގައި ބުނެފައިވެ އެވެ.

ގިރާވަރުފަޅުން ދޫކުރި 1300 އަށް ވުރެ ގިނަ ގޯތި ގުޅީފަޅަށް ބަދަލު ކުރަނީ ޖާގަ ނެތިގެން ކަމަށް ސަރުކާރުން ބުނާއިރު، ގިރާވަރުފަޅުގައި ފްލެޓު އަޅަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ފްލެޓު އަޅާނެކަން އިއުލާނު ކުރެއްވީ ރައީސް ޑރ. މުއިއްޒު ނިމިދިޔަ ހަފުތާގަ އެވެ. ފްލެޓު އަޅަނީ ގިރާވަރުފަޅުން އިތުރަށް ހިއްކާ ބައެއްގައި ކަމަށް ސަރުކާރުން ބުނެ އެވެ.

މިނިސްޓްރީން ބުނީ ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލު ކުރަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމަށެވެ. ބަދަލު ކުރަން ހަމަޖެހިފައިވާ އަދަދަށްވުރެ މަދުން ހުށަހަޅައިފި ނަމަ ދެން ހަދާނެ ގޮތެއް ސަރުކާރުން ނުބުނެ އެވެ.

ގޯތި ލިބުނު ތަނަކުން ގޯތި ދޫކުރުމަށް ރައީސް ޑރ. މުއިއްޒު އެތައް ފަހަރަކު ވައުދުވެވަޑައިގެންނެވި އެވެ. މިދިޔަ ހަފުތާގެ ހުކުރު ދުވަހު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވެސް ރައީސް އެ ވައުދުވެވަޑައިގަތެވެ.

"އަޅުގަނޑު މި ވައުދުވީ، ނުހިއްކާ އޮތް ތަނުން ވެސް، ފަޅު ތެރެއިން ވެސް ދޭން ނިންމި ގޯތިތަކާއެކީގައި އެ ގޯއްޗެއް ނޫނީއްޔާމު އެ ފްލެޓެއް ދޭން ނިންމި ތަނަކުން ދޭނެ ކަމަށް. އެ ވައުދު އަޅުގަނޑު ވިން. އެ ވައުދު މަތީގައި އަޅުގަނޑުމެން މި ތިބީ. އިރާދަކުރެއްވިއްޔާ އެ ވައުދު ހަމަ އެ ގޮތަށް ފުއްދައިދޭނަން،" ރައީސް ވިދާޅުވި އެވެ.