Advertisement

ކުޑަކުއްޖާ އަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރަން އެދެފި

6 އޭޕްރީލް 2024 - 02:28 0

ފުލުހުންގެ މައި މަރުކަޒު. -- ފޮޓޯ: އަދަދު


ކުޑަކުއްޖާ އަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރަން އެދެފި

6 އޭޕްރީލް 2024 - 02:28 0

އއ. ރަސްދޫ މިސްކިތެއްގެ ވުޟޫކުރާ ސަރަހައްދުގައި ކުޑަ ފިރިހެން ކުއްޖަކަށް، އެ ފުރާގެ ކުދިންތަކެއް ގަނާކޮށް، އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ މަންޒަރުތަކެއް ކަމަށެވެ.

"ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސާކިއުލޭޓް ނުކުރުމަށް ދަންނަވަމެވެ.،"

އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވެނީ އުމުރުން 13 އަދި 14 އަހަރުގެ ދެ ކުދިންނަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ބަލާކަން ހާމަކުރީ އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން މިކަން ކުރިކަމަށް ޔަގީން ކުރެވެނީ އއ.ރަސްދޫ ގައި ކަމަށާއި "ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި، ތަހުގީގު ކުރަމުން" ކަމަށެވެ.