Advertisement

ފަރުވާ ކުޑަކަމުން ފަސް ދުވަސްތެރޭ ފަސް ޕޮއިންޓް ގެއްލިއްޖެ: ޓެން ހާގް

5 އޭޕްރީލް 2024 - 14:05 0


ފަރުވާ ކުޑަކަމުން ފަސް ދުވަސްތެރޭ ފަސް ޕޮއިންޓް ގެއްލިއްޖެ: ޓެން ހާގް

5 އޭޕްރީލް 2024 - 14:05 0

ލަންޑަން (އޭޕްރީލް 5) - މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންް މެޗުގެ ފަހު ވަގުތު ފަރުވާކުޑަކޮށްލުމުގެ ސަބަބުން ފަސް ދުވަސް ތެރޭ ކުުޅުނު ދެ މެޗުން ފަސް ޕޮއިންޓް އެ ޓީމަށް ގެއްލިފައިވާ ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ލީގުގައި ޔުނައިޓެޑުން މިދިޔަ ހޮނިހިރު ދުވަހުގެރޭ، އިތުރު ވަގުތުގައި ބްރެންޓްފޯޑް ކޮޅަށް ގޯލު ޖަހައި، ލީޑުނެގި ނަމަވެސް ބްރެންޓްފޯޑުން ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ރޭގެ މެޗުގެ 99 މިނިޓް ނިމުނުއިރު ވެސް ޔުނައިޓެޑް އޮތީ 3-2 އިން ކުރީގަ އެވެ. އެކަމަކު، ޖެހިގެން އައި ދެ މިނިޓް ތެރޭ ދެ ގޯލު ޖަހައި، ޗެލްސީން 4-3 އިން ޔުނައިޓެޑް ބަލިކުރި އެވެ. މިއީ، ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެންމެ ލަސް ވަގުތެއްގައި ނަތީޖާ އަނބުރާލި މެޗެވެ.

"ގޯސްތައް ހެދީ އަމިއްލަ އަށް. އިންޑިވިޖުއަލް ގޯސްތަކެއްގެ ސަބަބުން މެޗުތައް މި ގެއްލެނީ. މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ކުޅުންތެރިއަކު ވެއްޖިއްޔާ އެނގެންޖެހޭ މެޗުތަކުގައި ފަހު ވަގުތާ ހަމައަށް މަސައްކަތްކުރަންޖެހޭކަން. އެކަމަކު، ފަރުވާކުޑަކޮށްލެވުމުގެ ސަބަބުން އެކަން ވެސް ނުކުރެވި، ފަސް ދުވަސް ތެރޭ ފަސް ޕޮއިންޓް މި ގެއްލުނީ،" ޓެން ހާގް ބުންޏެވެ.

"އަހަރެމެން މި ކުޅޭ ފުޓްބޯޅައިގެ ފެންވަރު ވަރަށް ރަނގަޅު، އެކަމަކު އޭގެއިން ނުފުދޭނެ، ފުޓްބޯޅައިގައި ޖެހޭނީ ނަތީޖާ ނެރެން،"

ކުރިން އަޔަކްސް އަށް ކޯޗުކޮށްދިން ޓެން ހާގް ބުނީ، އިދިކޮޅު ޓީމުގެ ކޮންމެ ކަމެއް ވެސް ވަރަށް ރަނގަޅަށް މުޅި މެޗު ތެރޭގައި ބަލަންޖެހޭ ކަމަށާއި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިދިކޮޅު ޓީމުގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ އަށް ފަސޭހައިން ބޯޅަ ލިބި ގޯލަށް ފޮނުވާލަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ޓެން ހާގް ބުނީ، ޔުނައިޓެޑުން ޗެލްސީގެ ކޯލް ޕާމާ އަށް ސަމާލުވާން ޖެހޭ ވަރަށް ނުވުމުގެ ނަތީޖާ ހިތި ކަމަށެެވެ.

ލީގުގެ ހަ ވަނައިގައި ޔުނައިޓެޑް އޮތީ 30 މެޗުން 48 ޕޮއިންޓާ އެކު އެވެ. ގަދަ ހަތަރަކަށް ވަންނަން ޔުނައިޓެޑުން މަސައްކަތްކުރާއިރު، ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް ވަނީ 31 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުން ޔުނައިޓެޑަށް ގެއްލުނު ޕޮއިންޓްތަކުގެ ސަބަބުން ގަދަ ހަތަރަކަށް ވަންނަން އެ ޓީމަށް އޮތް ޗެލެންޖް ބޮޑެވެ.

ލީގުގައި ދެން ޔުނައިޓެޑް ކުޅޭނީ އަންނަ އާދއްތަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށެވެ.