Advertisement

ނެޝަނަލް ގޭމްސް ބޭއްވޭވަރު ވާނީ މި އަހަރު ފަހުކޮޅު

4 އޭޕްރީލް 2024 - 14:37 0

އަތޫފް އާތިފް

އަތޫފް އާތިފް

އެތުލެޓިކްސް ގްރޯން ޕްރީގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ނެޝަނަލް ގޭމްސް ބޭއްވޭވަރު ވާނީ މި އަހަރު ފަހުކޮޅު

4 އޭޕްރީލް 2024 - 14:37 0

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން މުޅިން އަލަށް ބާއްވަން ނިންމާފައިވާ ނެޝަނަލް ގޭމްސް ބޭއްވޭވަރު ވަނީ މި އަހަރު ފަހު ކޮޅު ކަމަށް އެމްއޯސީގެ ޖެނެރަލް ސެކެޓްރީ ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވެއްޖެ އެވެ.

އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި, މި އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރިއިރު, ނެޝަނަލް ގޭމްސް ބާއްވަން ބަޖެޓްކޮށްފައިވެ އެވެ. މި އަހަރަށް އެމްއޯސީ އިން 38 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު, ބަޖެޓުން އެންމެ ބޮޑު ހަރަދެއް ދާނެ ކަމަށް ބެލެވެނީ, ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް އަށެވެ.

ދެން، އެންމެ ބޮޑު ހަރަދެއް ދާނެ ކަމަށް ބެލެވެނީ މުޅިން އަލަށް ރާއްޖޭގައި ބާއްވާ ނެޝަނަލް ގޭމްސް އަށެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން އެ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު (ކ) އާއި ކޮމިޓީގެ ރައީސް ސައްތާރު.-- ފޮޓޯ: އަދަދު


"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ތަމޫހު ވިދާޅުވީ, ގޭމްސް ބޭއްވުމުގެ ޕްލޭނިން ސްޓޭޖުގެ މަސައްކަތްތައް މި ވަގުތު ކުރިއަށްދާ ކަމަށެވެ. އަދި ސްޕޯޓްސް މިނިސްޓްރީއާ އެކު, މި ގޭމްސް ބޭއްވުމަށް ކުރަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު މި އޮތީ ޕްލޭނިންގް ސްޓޭޖުގައި. ސްޕޯޓްސް މިނިސްޓްރީއާ އެކު, މި ގޭމްސް ބޭއްވުމަށް ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން މި އަންނަނީ. މިއީ، މި ފަހުން ހެދުނު ޕްލޭން ތެރޭގައި ވެސް ހިމެނޭ ކަމެއް." ތަމޫހު ވިދާޅުވި އެވެ.

ތަމޫހު ވިދާޅުވީ, މި ގޭމްސް ބޭއްވޭނެ ކަމަށް ލަފާކުރެވެނީ މި އަހަރު ފަހު ކޮޅުގައި ކަމަށެވެ. އެގޮތުން ބޮޑަށް މިހާރު ތާވަލުކުރެވިފައިވާ ގޮތުން ގޭމްސް ބޭއްވޭނެ ކަމަށް ބެލެވެނީ އިންޑޯ ގޭމްސް އަށް ފަހު ކަމަށް ތަމޫ ވިދާޅުވި އެވެ.

މި ގޭމްސް ބޭއްވުން ވެގެންދާނީ ޑިވެލޮޕްވަމުން އަންނަ އެތުލީޓުންނަށް އެ އެތުލީޓުންގެ ހުނަރު ދައްކާލުމަށް ލިބޭ ފަހި ފުރުސަތަކަށް ކަމަށް އޮލިމްޕިކް ކޮމިޓީން ގަބޫލުކުރެ އެވެ.

މިއީ އެތުލީޓުންނަަށް ބައިނަލަގުވާމީ ބޮޑު ގޭމްސްތަކަށް ދާއިރު, އެ އެތުލީޓުން ޓްރެއިންވެފައި, ހުރި މިންވަރު ބެލުމަށް ކޮށޭ މަގަކަށްވެސް ވެގެންދާނެ އެވެ.