Advertisement

ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް، 72 ގަޑިއިރުގެ ތެރޭގައި 22 މިލިއަން ރުފިޔާގެ ޑްރަގު ހޯދައިފި

3 އޭޕްރީލް 2024 - 23:34 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފުލުހުން ކުރިން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި: މިިދިޔަ ތިން ދުވަހު ބޮޑު އޮޕަރޭޝަން ހިންގައިފި - ފޮޓޯ: އަދަދު ފައިލް


ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް، 72 ގަޑިއިރުގެ ތެރޭގައި 22 މިލިއަން ރުފިޔާގެ ޑްރަގު ހޯދައިފި

3 އޭޕްރީލް 2024 - 23:34 0

ފާއިތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގައި، މާލޭގެ އެކި މަގުމަތިން 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ހޯމް މިނިސްޓަރު އިހުސާން އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ އެ ދެ އިދާރާއަށް ވެސް ލިބުނު އެކި އިންޓެލިޖެންސް މައުލޫމާތުތަކަށް ލީޑުކޮށް ކުރި އޮޕަރޭޝަނެއް ކަމަށެވެ.

"ފާއިތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި 16.69 ކިލޯގެ މަސްތުވާތަކެތި، މަގުމަތީ އަގު ގާތްގަނޑަކަށް 21.6 މިލިއަން ރުފިޔާ އެ ތަކެއްޗަށް އަރާ،" މިނިސްޓަރު އިހުސާންގެ ރަސްމީ އެކްސް އެކައުންޓްގައި ލިޔުއްވާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑާޝިޕްގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވަނީ "ޑްރަގް ފްރީ މޯލްޑިވްސް" ނުވަތަ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރާއްޖެއެއް ހޯދުމަށް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.