Advertisement

ފޯކަސް ކުރަނީ ހަމައެކަނި ރެއާލްގެ ކުރިމަގަށް: ރޮޑްރީގޯ

2 އޭޕްރީލް 2024 - 12:04 0


ފޯކަސް ކުރަނީ ހަމައެކަނި ރެއާލްގެ ކުރިމަގަށް: ރޮޑްރީގޯ

2 އޭޕްރީލް 2024 - 12:04 0

މެޑްރިޑް (އޭޕްރީލް 2) - އަންނަ ޓްރާންސްފާ މާކެޓުގައި ރެއާލް މެޑްރިޑަށް ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ އައިސްފިނަމަ ރޮޑްރީގޯ ބެންޗު ކުރިޔަސް އެކަމާ ފަރުވާލެއް ނެތް ކަމަށާއި, ފޯކަސް ކުރަނީ ހަމައެކަނި ރެއާލްގެ ކުރިމަގަށް ކަމަށް އެ ޓީމުގެ ޒުވާން ފޯވާޑް ރޮޑްރީގޯ ބުނެފި އެވެ.

ރެއާލުން މިދިޔަ ހަތަރު ސީޒަނުގައި ވެސް އެމްބާޕޭ ހޯދަން މަސައްކަތް ކުރި އެވެ. އެކަމަކު، މީގެ ކުރިން އެމްބާޕޭ ވަނީ ރެއާލްގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފަ އެވެ.

މި ސީޒަން ނިމުމުން, ޕީއެސްޖީއާ އެކު, އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އޭނާ ރެއާލަށް ދާނެ ކަމަށް ބެލެވެ އެވެ.

އެއާއެކު, ރޮޑްރީގޯ ބެންޗު ކުރާނެ ކަމުގެ އަޑުގަދަވެފައިވާއިރު, ބައެއް މީޑިއާ ތަކުން ވަނީ އެމްބާޕޭ ރެއާލަށް ބަދަލުވެއްޖެނަމަ, ރޮޑްރީގޯ ރެއާލް ދޫކޮށްލާނެ ކަމަށް ރިޕޯޓްކޮށްފަ އެވެ.

މިކަމާ ގުޅިގެން ރޮޑްރީގޯ ބުނީ އޭނާ އަބަދުވެސް ރެއާލަށް ކުޅެން ޝައުގުވެރިވާ ކަމަށެވެ. އަދި ރެއާލަށް ރަނގަޅުގޮތް ވުމަށް އެދޭ ކަމަށާއި, ފޯކަސް ކުރަނީ ރެއާލުގެ ކުރިމަގަށް ކަމަށް ރޮންރީގޯ ބުނެފައިވެ އެވެ.

"އެމްބާޕޭ އައިސްފި ނަމަ އަހަރެން ބެންޗު ކުރާނެ؟ އެ ވެގެންދާނީ (އެމްބާޕޭ އައުން) ވެގެންދާނީ ކޯޗަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމަކަށް. އަހަރެން ފޯކަސް ހުރީ ރެއާލުގެ ކުރިމަގަށް" ރޮޑްރީގޯ ބުންޏެވެ.

މީގެ އިތުރުން، ރޮޑްރީގޯ ބުނީ އެމްބާޕޭ ރެއާލަށް ބަދަލުވުން އެއީ ނޫސްވެރިން ރިޕޯޓުކުރާ ގޮތަށް ކައިރީގައި އޮތް ކަމަކަށް ވެދާނެ ކަމަށް ބުނެފަ އެވެ.

"އަހަރެންނަށް ހީވަނީ ނޫސްވެރިން ރިޕޯޓުކުރާހާ ކައިރީގައި އޮތް ކަމެއް ހެން އެމްބާޕޭ އައުން އެއީ. އެކަމަކު އެ ޓްރާންސްފާގެ އެއްވެސް މައުލޫމާތެއް ހުދު އަހަންނަށްވެސް ނޭނގޭ" ރޮޑްރީގޯ ބުންޏެވެ.

މި ސީޒަނުގައި ރެއާލް މެޑްރިޑަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮޑްރީގޯ ވަނީ މި ސީޒަނުގައި މިހާތަނަށް 15 ގޯލު ޖަހައިފަ އެވެ.