Advertisement

އީސީގެ މެމްބަރަކަށް އެސްޖީ ހަސަން ޒަކަރިއްޔާ އައްޔަނުކުރަން ފާސްކޮށްފި

1 އޭޕްރީލް 2024 - 16:01 0


އީސީގެ މެމްބަރަކަށް އެސްޖީ ހަސަން ޒަކަރިއްޔާ އައްޔަނުކުރަން ފާސްކޮށްފި

1 އޭޕްރީލް 2024 - 16:01 0

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަނުކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އީސީގެ މެމްބަރު ކަމަށް ހަސަން އައްޔަނު ކުރުމާ މެދު މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުން އެދި ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ އިއްވީ ފެބްރުއަރީ 20, 2024 ގަ އެވެ.

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި 39 މެމްބަރުން އީސީ މެމްބަރުކަމަށް އައްޔަނުކުރުމަށް ވޯޓު ދިނެވެ. އެކަމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެ އެވެ.

އީސީގެ މެމްބަރެއްގެ ގޮނޑި ހުސްވީ ނައިބު ރައީސަކަށް ހުންނެވި އިސްމާއީލް ހަބީބުގެ ދައުރު މާޗު 12, ގައި ނިމުމުންނެވެ.

އީސީގެ އެސްޖީގެ މަގާމަށް ހަސަން ވަޑައިގެންނެވީ 2021 ގަ އެވެ.