1 އޭޕްރީލް 2024 - 12:20 0
މުހައްމަދު ޝަހްޒާން
ޕީއެންސީގެ ކެންޑިޑޭޓަކު ހުރި ދާއިރާއަކަށް އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕެއިނުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އިޔާދު އަބްދުލްވާހިދު
1 އޭޕްރީލް 2024 - 12:20 0
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ތިބި ބައެއް ދާއިރާތަކަށް އަމިއްލަގޮތުން ނުކުމެ ތިބި ކެންޑިޑޭޓުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރެއްވުމަކީ ޕީއެންސީގެ އަސާސީ ގަވާއިދާ ހިލާފަށް ކުރައްވާ ކަަަމަކަށް ވިޔަސް އެގޮތަށް އެމަނިކުފާނު އަމަލު ކުރެއްވުމަކީ އަސާސީ ގަވާއިދާ ހިލާފުވުން ކަމަށް ގަބޫލު ނުކުރާކަމަށް ޕީއެންސީ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ކެމްޕޭނުގެ އެންމެފަހުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާ ކުރަން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ދެ ޕާޓީ ލީޑަރުންގެ މަޝްވަރާއާ އެކުގައި ކަމަށާއި މަޖިލިސް އިންތިހާބަކީ ޕީއެންސީއަށް ވަރަށް މުހިންމު އިންތިހާބެއް ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ ރައީސުލްޖުމްހޫރިއްޔާ ތިޔަ ވިދާޅުވި ފަދަ ގޮތަކަށް [އަސާސީ ގަވާއިދާ] ހިލާފުވެވަޑައިގެންނެވި ކަމަކަށް،. އަސާސީ ގަވާއިދާ ހިލާފުވެގެން މިހައިތަނަށް އެއްވެސް ފަރާތަކުން އެއްވެސް ކަހަލަ ޝާކުވާއެއް އަޅުގަނޑުމެންނަށް ހުށަހަޅައިފައެއް ނެތް، އަދި އަޅުގަނޑުމެންނަކަށް ފާހަގަކުރެވިފައެއް ނެތް އަސާސީ ގަވާއިދާ ހިލާފުވެފައި އޮތް ކަމަށް،" ހީނާ ވިދާޅުވި އެވެ.
"ނޫން އަސާސީ ގަވާއިދާ ހިލާފަކަށް ނޫން އެ މަނިކުފާނު އަމަލު ކުރެއްވީ،"
ހީނާ އެހެން ވިދާޅުވި ނަމަވެސް ޕީއެންސީގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް އެ ޕާޓީ މެންބަރުންގެ ވާޖިބުތައް ބަޔާންކޮށްފައިވެ އެވެ.
ޕާޓީގެ ކޮންމެ މެންބަރަކުމެ، ޕާޓީގެ ފިކުރަށް ތާއީދުކޮށް، ޕާޓީގެ މަގުސަދުތައް ފުރިހަމަ ކުރުމަށް އެހީތެރިވެ، ޕާޓީގެ އުސޫލުތަކާއި، މިގަވާއިދަށް އަމަލު ކުރުމަށް އެއްބަސްވާން ޖެހޭނެ އެވެ. ޕާޓީގެ ކޮންމެ މެންބަރަކުމެ، ޕާޓީގެ ޓިކެޓުގައި އާންމު އިންތިހާބުތަކަށް ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމާއި، އެކެންޑިޑޭޓުންނަށް ވޯޓު ދިނުން
އެ ޕާޓީގެ ޓިކެޓުގައި އާންމު އިންތިހާބުތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދައިދިނުމާއި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ޕީއެންސީގެ އާންމު މެންބަރުންނަށް އަސާސީ ގަވާއިދުން ވާޖިބު ކޮށްފައި އޮތްއިރު، އަސާސީ ގަވާއިދާ ހިލާފުވާ ފަަރާތްތަކަށް ފިޔަވަޅު އެޅޭނެ ގޮތް ވެސް އެ ގަވާއިދުގައި އޮވެ އެވެ.
އެގޮތުން ޕާޓީން ސުލޫކީ ފިޔަވަޅު އެޅޭނެ ކަންތައްތަކުގެ ތެރޭގައި އަސާސީ ގަވާއިދުގައި މެންބަރުންގެ ވާޖިބުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން އަދާކުރަން އުޒުރުވެރިވުން ހިމަނާފައިވެ އެވެ.
ޕާޓީގެ މައިގަނޑު މަގުސަދުތަކާ ހިލާފުވާ ފަރާތްތަކާއި ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާއި ޕާޓީގެ މެންބަރުންގެ ވާޖިބުތައް އަދާކުރަން އުޒުރުވެރިވާ ފަރާތްތަކާއި، ގާނޫނާ ހިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ސުލޫކީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު ޕާޓީއަށް ލިބިގެންވެ އެވެ. އެފަދަ ސުލޫކީ ފިޔަވަޅު އަޅާނީ ޕާޓީގެ މެންބަރުންގެ ކަންތައްތައް ބަލަހައްޓާ ކޮމިޓީންނެވެ.
އެގޮތުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި
އެ ފިޔަވަޅުތަކުގެ އިތުރުން ސުލޫކީ އެހެން ފިޔަވަޅެއް އެޅުމުގެ ބާރު ވެސް މެންބަރުންގެ ކަންތައްތައް ބަލަހައްޓާ ކޮމެޓީއަށް ލިބިގެންވާ ކަމަށް އަސާސީ ގަވާއިދުގައި ލިޔެފައިވެ އެވެ.
އަސާސީ ގަވާއިދުގައި ޕާޓީގެ އިސް ލީޑަރެއް، އާންމު މެންބަރެއް ތަފާތުކޮށްފައެއް ނުވެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment