Advertisement

ސްކްރިލް ހިމެނޭހެން ބޭރުގެ ގިނަ މާޗަންޓުން ބީއެމްއެލުން އަންބްލޮކްކޮށްފި

31 މާރިޗު 2024 - 15:08 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ސްކްރިލް ހިމެނޭހެން ބޭރުގެ ގިނަ މާޗަންޓުން ބީއެމްއެލުން އަންބްލޮކްކޮށްފި -- ފޮޓޯ: ބީއެމްއެލް


ސްކްރިލް ހިމެނޭހެން ބޭރުގެ ގިނަ މާޗަންޓުން ބީއެމްއެލުން އަންބްލޮކްކޮށްފި

31 މާރިޗު 2024 - 15:08 1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން އެ ބޭންކުން ކުރިން ބްލޮކްކުރި ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް، އެ ޕްލެޓްފޯމްތަކުން މުއާމަލާތްކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ބަދަލާއެކު ބީއެމްއެލްގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު އަދި މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަނެ، ފޮނުވޭނެ ކަމަށެވެ.

މި ކާޑުތަކުގެ އިތުރުން ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑު ވެސް ބޭނުންކުރެވޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާލް ސްޓުމްކަ މިބަދަލާ ގުޅޭ ގޮތުން ވިދާޅުވީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިން ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭ ކަމަށެވެ. އަދި މި ބަދަލާއެކު އެފާރަތްތަކަށް ފަސޭހަ ވެގެންދާނެ ކަން ފާހަގަކުރެއްވި އެވެ.

ބޭރުގެ ގިނަ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރޭވޭ ގޮތަށް ބީއެމްއެލްއިން ހަމަޖެއްސި ނަމަވެސް، އޭގެ ތެރޭގައި ޕޭޕާލް ނުހިމެނޭ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެ އެވެ.

ރާއްޖޭން ބޭރުގެ އޮންލައިން ޑިޖިޓަލް ވޮލެޓުތަކުން ފޮނުވާ ފައިސާ، ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ހުއްޓާލާ ބޭރުގެ މާޗަންޓުން ބީއެމްއެލްއިން ބްލޮކް ކުރީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.