Advertisement

ރޮޑްރީގޯގެ ދެ ގޯލުން މޮޅުވެ ރެއާލަށް އެއް ވަނައިގައި ބޮޑު ލީޑެއް

1 އޭޕްރީލް 2024 - 12:44 0


ރޮޑްރީގޯގެ ދެ ގޯލުން މޮޅުވެ ރެއާލަށް އެއް ވަނައިގައި ބޮޑު ލީޑެއް

1 އޭޕްރީލް 2024 - 12:44 0

މެޑްރިޑް (އޭޕްރީލް 1) - ސްޕެނިޝް ލީގުގައި ރޭ ރޮޑްރީގޯ ޖެހި ދެ ގޯލުން 2-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް، ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.

ރޭގެ ނަތީޖާ އަށް ފަހު، ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ އަށް ޕޮއިންޓު ކުރީގަ އެވެ. އެއް ވަނައިގައި އޮތް ރެއާލަށް 30 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 30 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޖިރޯނާ އިން ވަނީ ރޭ ރެއާލް ބެޓިސް އަތުން 3-2 އިން މޮޅުވެ، 30 މެޗުން 65 ޕޮއިންޓް ހޯދައިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ރެއާލުން ރޭގެ މެޗުގައި ލީޑުނަގައިދިން ގޯލު ރޮޑްރީގޯ ޖެހީ މެޗު ފަށައިގެން އަށް ވަނަ މިނިޓްގަ އެވެ. މިއީ ބްރަހިމް ޑިއާޒް ދިން ބޯޅައަކުން އޭރިއާބޭރުން ރޮޑްރީގޯ ޖެހި ގޯލެކެވެ.

ސަސްޕެންޝަނަށް ފަހު، ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ. މި މެޗުގައި ރެއާލުން ޖެހި ދެ ވަނަ ގޯލުގައި ބެލިންހަމްގެ ދައުރު އެބައޮތެވެ. އެ ގޮތުން، ރޮޑްރީގޯ، މެޗުގެ 73 ވަނަ މިނިޓްގައި ރެއާލްގެ ލީޑުފުޅާކޮށްދިން ގޯލު ޖެހީ ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި މެޗުގައި ރެއާލަށް އިތުރު ގޯލު ޖަހަން ފުރުސަތު ލިބުނެވެ. އެ ގޮތުން، ޑިއާޒް ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، ފެޑެރީކޯ ވަލްވޭޑޭ ފޮނުވާލި ހަމަލާ ހުއްޓުވީ ބިލްބާއޯ ކީޕަރު ޖުލެން އަގިރެއްޒަބަލާ އެވެ. އަދި އައުރެލިން ޗުއަމެނީ ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ކުޅޭ މެޗުގެ ކުރިން ރެއާލުން ހޯދި ރަނގަޅު މޮޅެކެވެ.