Advertisement

ނަވާރަ ކުރުނބާ ވަގަށް އެޅި މީހަކު ގޭގައި ބަންދުކުރަން ހުކުމްކޮށްފި

31 މާރިޗު 2024 - 11:37 0

ކުޅުދުއްފުށި މަތިން ނަގާފައިވާ ފޮޓޯއެއް: ކުރުނބާތަކެއް ވަގެއް އެޅި މީހަކަށް އެ ރަށު ކޯޓުން ހުކުމްކޮށްފި


ނަވާރަ ކުރުނބާ ވަގަށް އެޅި މީހަކު ގޭގައި ބަންދުކުރަން ހުކުމްކޮށްފި

31 މާރިޗު 2024 - 11:37 0

ހދ. ކުޅުދުއްފުށި ސިޓީގެ ގެއެއްގައި ހުރި ޖާފާނު ދެ ރުކަކުން ނަވާރަ ކުރުނބާ ވަގަށް އެޅި މީހަކު، ދެ މަސް ދުވަހަށް ޖަލަށް ލުމަށް އެ ސިޓީގެ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ކަމުގެ ތުހުމަތު އޮތް މީހާގެ މައްޗަށް ދައުލަތުން އުފުލީ ވައްކަމުގެ ދައުވާ އެވެ. އަދި ދައުވާ ރައްދުވާ މީހާ ވަނީ ޝަރީއަތުގައި އެ ކަމަށް އިއުތިރާފުވެފަ އެވެ.

އެ ކުށުގެ އަސާސީ އަދަބުގެ މިންގަނޑަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. އޭނާ ކުށަށް އިއުތިރާފުވެ އަދަބު ލުއިކޮށްދިނުމަށް އެދުމުން އެ ކަމަށް ދައުލަތުން އިއުތިރާޒުކޮށްފައެއް ނުވެ އެވެ.

ކުޅުދުއްފުށި ސިޓީގެ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައިވަނީ އެ އަދަބު، ގޭބަންދުގެ އަދަބަކަށް ބަދަލުކޮށް ހަތަރު މަސް ދުވަހު ގޭގައި ބަންދުކުރުމަށް އަދަބު ކަނޑައަޅައިފަ އެވެ.