Advertisement

ކޯޗުކަމުން ދުރުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހާގް

30 މާރިޗު 2024 - 20:38 0


ކޯޗުކަމުން ދުރުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހާގް

30 މާރިޗު 2024 - 20:38 0

މެންޗެސްޓާ (މާޗް 30) - މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން ދުރުކޮށްފާނެތީ އެކަމާ ބިރުން ނޫޅޭ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

މި ސީޒަން ފަށައިގެން މެންޗެސްޓާ ޔުނައިޓެޑުން ދައްކަމުންދިޔަ ދަށް ކުޅުމާ އެކު, އެ ޓީމުގެ ކޯޗު ޓެން ހާގް މި ސީޒަނަށް ފަހު މަގާމުން ވަކިކުރާނެ ކަމަށް ބެލެވޭ ކަމަށް ގިނަ މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޔުނައިޓެޑަށް ޖާގަ ނުލިބިއްޖެ ނަމަ ޓެން ހާގް އެ މަގާމުގައި ނުހުންނާނެ ކަމަށް ބެލެވެ އެވެ.

އެ ވާހަކަތަކާ ގުޅިގެން އަމާޒުވި ސުވާލުތަކަށް ދިން ޖަވާބުގައި، ޓެން ހާގް ބުނީ ސީޒަން އަދި ނުނިމޭ ކަމަށާއި, މީޑިއާތަކުން ދައްކާ ވާހަކަ އަށް ސަމާލުކަން ދޭން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާގެ މި ވަގުތު ފޯކަސް ހުރީ ކުރިއަށްހުރި މެޗުތަކަށް ކަމަށް ޓެން ހާގް ބުނެފައިވެ އެވެ.

ދެ ވަނަ ސީޒަނެއްގައި ޔުނައިޓެޑަށް ކޯޗުކޮށްދެމުން އަންނަ ޓެން ހާގް ބުނީ އެ ޓީމުގެ ސްކޮޑާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި, މި ފަހުން ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާމެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.

"އަހަރެން މީޑިއާ ތަކުން ދައްކަމުން އަންނަ ވާހަކަ ތަކަށް ސަމާލުކަމެއް ނުދެން. ކޯޗު ކަމުން ވަކިކުރިޔަސް އެކަމާ އަހަރެންގެ ފަރުވާލެއް ނެތް. އަހަރެން މި ވަގުތު ފޯކަސް މި ކުރަނީ ކުރިއަށްހުރި މެޗުތަކަށް" ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުން އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު, ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެ ޓީމުން މިހާތަނަށް ލީގުގައި ކުޅުނު 28 މެޗުން 47 ޕޮއިންޓް ހޯދިއިރު, އެ ޓީމު އޮތީ ލީގު ތާވަލުގެ ހަ ވަނައިގަ އެވެ.