Advertisement

މާފަރުގައި 50 ކޮޓަރީގެ އެއާޕޯޓު ހޮޓަލެއް އަޅައި، އޮޕަރޭޓު ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

30 މާރިޗު 2024 - 20:41 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާފަރު އެއާޕޯޓު : މާފަރުގައި 50 ކޮޓަރީގެ އެއާޕޯޓު ހޮޓަލެއް އަޅާ، އޮޕަރޭޓުކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި - ފޮޓޯ: ފައިލް


މާފަރުގައި 50 ކޮޓަރީގެ އެއާޕޯޓު ހޮޓަލެއް އަޅައި، އޮޕަރޭޓު ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

30 މާރިޗު 2024 - 20:41 0

ނ. މާފަރު އެއާޕޯޓާ ގުޅުވާ، އެ ރަށުގައި 50 ކޮޓަރީގެ އެއާޕޯޓު ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން މާފަރު ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިންގާ އައިލެންޑް އޭވިއޭޝަނުން އިއުލާނުކޮށްފި އެވެ.

އެ ކުންފުނިން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަޝްރޫއަށް ދިވެހި އަދި ބޭރުގެ ކުންފުނިނަތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އަދި، މިއީ އެ ކުންފުނީގެ ހިދުމަތްތައް ހޯދާ މީހުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދީ، މާފަރު އެއާޕޯޓު އިގުތިސާދީ ގޮތުން ކުރިއެރުވުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވެސް ބުނެފައިވެ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ މި ސިޓީ ހޮޓާ އެޅުމަށް، އެ ކުންފުންޏާއި މަސައްކަތް ކުރުމަށް އެދޭ ފަރާތަށް ފައިދާވާ ފަދަ ވިޔަފާރީގެ ކޮންމެ ޕްރޮޕޯސަލެއްވެސް އިތުރަށް ދިރާސާ ކުރުމުގެ ވިސްނުން އެ ކުންފުނީގައި ހުރި ކަމަށެވެ.

މަޝްރޫއު އެވޯޑުކުރާ ފަރާތް ހޮވުމުގައި ބަލާނީ އެ ކުންފުނީގެ މަގުސަދުތަކާ އެއްގޮތްވުމާއި، އަދި މިފަދަ މަޝްރޫއުތައް ހިންގުމުގެ ލިބިފައިވާ ތަޖުރިބާ މާލީ އަދި ހިންގުމުގެ ގާބިލުކަމަށް ކަމުގައިވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މާފަރު އެއާޕޯޓު ހޮޓެލް އަޅާ ސަރަހައްދު -


މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ އެޕްރީލް މަހުގެ 21 އެވެ. އެއާޕޯޓު ހޮޓެލް އަޅަން ނިންމާފައިވަނީ މާފަރުގެ އެއާޕޯޓު ސަރަހައްދާ ދިމާ އިރުމަތީ ގޮނޑުދޮށް ފަރާތުން ހުސްކުރާ 4،000 އެއްހާ އަކަ މީޓަރުގެ ސަރަހައްދެއްގަ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޖެޓް ޖައްސާ އެއް އެއާޕޯޓެވެ. އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 700 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑުކުރެވޭ މި އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި ހެދި އެންމެ ބޮޑު އެއާޕޯޓެވެ.

އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓުކުރާ މި އެއާޕޯޓަކީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހަދާފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓުގައި ރަންވޭގައި ގާތްގަނޑަކަށް 2,300 މީޓަރުގެ ހުންނައިރު އެ އެއާޕޯޓަށް އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭނެ އެވެ.

އަދި އެއާޕޯޓު އިތުރަށް ތަރައްގީކޮށް ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް މާފަރު އެއާޕޯޓް ބޮޑުކުރަން ނިންމައި, އެކަމުގެ މަސައްކަތް ސަރުކާރުން ވަނީ އެމްޓީސީސީއާ މިދިޔަ އަހަރު ކުރީކޮޅު ހަވާލުކޮށްފަ އެެވެ.